March 13, 2026
Advertisement
ގަވާއިދާ ޚިލާފަށް އެތެރެ ކުރި ސިނގިރޭޓު
ގަވާއިދާ ޚިލާފަށް އެތެރެ ކުރި ސިނގިރޭޓު / މޯލްޑިވްސް ކަސްޓަމްސް ސާރވިސް

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރެޓް އަތުލައިގަނެފި

Mariyam Isaadha
މަރިޔަމް އިސާދާ
Jun 30, 2024, 06:38 PM
މާލެ ސިޓީ

އަނެއްކާ ވެސް ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރެޓް ކާޓުން ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

Advertisement

ކަސްޓަމްސްއިން ބުނީ އިޖުރާއަތުތައް ފުރިހަމަނުކޮށް ރާއްޖެ އަށް، ސިއްރުން ސިނގިރޭޓްތަކެއް އެތެރެކޮށްފައިވާކަމުގެ ތުހުމަތުކުރެވިގެން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ކޯޓު އަމުރުގެ ދަށުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހުޅުމާލޭގެ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މާލެ އާއި ހުޅުމާލޭގެ 4 ތަނެއް ބުދަ ދުވަހު ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ކަސްޓަމުން ބުންޏެވެ.

އެގޮތުން އެ އޮޕަރޭޝަންގައި އަތުލައިގަތް 173 ސިނގިރޭޓް ކާޓޫން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެ ތަކެތީގެ މާކެޓް ވެލިއުއަކީ 1.6 މިލިއަން ދިވެހި ރުފިޔާ ކަަމަށެވެ. އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި 5.6 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ޖެހޭ ކަމަށް ކަސްޓަމުން ބުންޏެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved