April 18, 2026
Advertisement
މަލީހް ޖަމާލް
މަލީހް ޖަމާލް / ސޯޝަލް މީޑިއާ

ރައީސް މުއިއްޒަށް ދަރަނި ދައްކަން ފައިސާ ދޭން ބުނި މީހުންގެ ޚަބަރެއް ނެތް: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Jun 30, 2024, 06:45 PM
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒަށް ރާއްޖޭގެ ދަރަނިތައް ދައްކަން ފައިސާ ދޭން ބުނި މީހުންގެ ޚަބަރެއް ނެތްކަމަށް ވިދާޅުވެ ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލުގެ ފާޑުކިޔުން އަމާޒކުރައްވައިފިއެވެ.

Advertisement

މަލީހުގެ ފާޑުކިޔުން އަމާޒުކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރިޔާސީ އިންތިހާބު ތެރޭގައި އެކި އެކި ޕޯޑިއަމްތަކުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ދަރަނި ދައްކާނެ ފޯމިއުލާއާ ފައިސާވެސް އެމަނިކުފާނަށް މިހާ ބޭރުގެ ފަރާތްތަކުން ހަމަ ޖައްސާ ދީފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިހާރު ރައީސް މުއިއްޒު ވިދާޅުވަމުްނ ގެންދަވަނީ ކުރީ ސަރުކާރުން ނަގާފައިު ހުރި ލޯންތައް އަދާކުރަން ދަތިވެފައިވާތީ ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ޖެހިފައިވާ ކަމަށެވެ.

މިކަމަށް އިޝާރާތްކުރައްވާ މަލީހު ވިދާޅުވީ ރައިސް މުއިއްޒަށް އޭރު ދަރަނި ދައްކައިދޭން ގްރީން ސިގްނަލް ދިން ފަރާތްތަކުން މިހާރު އެމަނިކުފާނުގެ ފޯނު ކޯލަށް އަދި އެސްއެމްއެސްއަކަށް ޖަވާބެއް ނުދެއްވަނީ ކަމަށެވެ. އަދި ޖަވާބު ނުދޭ ސަބަބު ރައީސް މުއިއްޒަށް އެގިލައްވާނެކަމަށް ވެސް މަލީހު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved