March 20, 2026
Advertisement
ޑރ. ޖަމީލު، ރައީސް ޑރ. މުއިއްޒުއާ އެކު ޕީޕީއެމްގެ ޖަލްސާއެއްގައި.
ޑރ. ޖަމީލު، ރައީސް ޑރ. މުއިއްޒުއާ އެކު ޕީޕީއެމްގެ ޖަލްސާއެއްގައި. / އަދަދު

ރައީސް މުއިއްޒުގެ ދޮގުން ދިވެހިން ހަނާ ވެއްޖެ: ޑރ. ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Jul 1, 2024, 10:53 PM
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒު ހައްދަވަމުން ގެންދަވާ އިތުރުފުޅުތަކުގެ ސަބަބުން ދިވެހި ރައްޔިތުން ހަނާވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މަސް ގަންނަ އަގު ތިރިނުކުރާނެ ކަމަށް ވެވަޑައިގެންނެވި ވައުދާ ރައީސް މުއިއްޒު ޚިލާފުވެފައިވާތީ އެކަމަށް އިޝާރާތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލު ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަމަށް ކިޔަންވީ ކޮން ނަމެއްކަމެއް ދުނިޔޭގެ އެއްވެސް ދައުލަތެއް ހިންގުމުގެ ބާރުގެ ތެރެއިންވެެސް ފެންނަން ނެތް ކަމަށެވެ.

ޑރ. ޖަމީލުވަނީ ރައީސް މުއިއްޒު ހުވަޔާ ވައުދާ ޚިލާފުވެވަޑައިގަންނަވާ މިންވަރަށް ވައުދާ އަހުދާ ޚިލާފުވާ ވެރިއަކު ދިވެހި ތާރީކު ދެކެފައިނުވާކަން ފާހަކަކުރައްވާފައެވެ. އަދި އެފަދަ ވެރިއަކު ފެނިދާނެ ކަމަށް ޓެކްސްޓް ފޮތްތައް ލިޔާ މީހުންނަށްވެސް ވިސްނިފައި ނެތް ކަމަށް ވެސް ވިދާޅުވެ ޑރ. ޖަމީލު ވިދާޅުވީ ރައީސް މުއިއްޒުގެ ދޮގުން ދިވެހިން ހަނާ ވެއްޖެކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved