March 21, 2026
Advertisement
އެމްޕީ ފާއިޒްގެ ފޯމު ރައީސް ޔާމީނަށް އަރުވަނީ
އެމްޕީ ފާއިޒްގެ ފޯމު ރައީސް ޔާމީނަށް އަރުވަނީ / ސޯޝަލް މީޑިއާ

އެކްޓިވެސްޓު އެމްޕީ ފާއިޒް ހިމެނޭހެން ގިނަ ބަޔަކު ޕީއެންއެފާ ގުޅިއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Jul 2, 2024, 04:20 PM
މާލެ ސިޓީ

ސިޔާސީ މަސްރަހުގއި މަޝްހޫރު އެއް އެކްޓިވެސްޓުކަމަށްވާ އެމްޕީ ފާއިޒް ހިމެނޭހެން ގިނަ ބޭފުޅުންތަކެއް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންފް) އާ ގުޅިވަޑައިގެންފިއެވެ.

Advertisement

މިކަން ހާމަކޮށްފައިވަނީ އެ ޕާޓީއިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

ރާއްޖޭގެ ސިޔާސި އޮއިވަރު މަޑު މަޑުން ބަދަލުވަމުން އަންނަ މި ދުވަސްވަރު ގިނަ ބަޔަކު ދަނީ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ފިކުރާ ގުޅެމުންނެވެ.

އެގޮތުން ރޭ ޕީއެންއެފަށް ސޮއިކުރުމަށް ފަހު އެމްޕީ ފާއިޒު ހާމަކުރި ގޮތުގައި އޭނާ ޕީއެންއެފްއާ ގުޅުނީ ދަސްވެ ނިމިފައިވާ ކުއްޖެއްގެ ގާތަށް ދިއުމަށް ވުރެ ސިޔާސީ އެދުރަކާ އެކު މަސައްކަތްކުރުމަށް ކަމަށެވެ.

އެގޮތުން އޭނާ ހާމަކުރި ގޮތުގައި ރައީސް ޔާމީނަކީ ފަރުދީ ގޮތުންނާ އުމްރާނި ގޮތުން ރާއްޖެއަށް ބޮޑު ބަދަލެއް ގެނެސްދެއްވި ރައީސަކީ ރައީސް ޔާމީންކަން އެއީ ދިވެހިން ގަބޫލުކުރާނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ފިލޯސަފީ ގަބޫލުކޮށް އޭނާ ޕީއެންއެފްއާ ގުޅުނީ ގައުމަށާ ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ވަފާތެރިކަމާ އެކު މަސައްކަތްކޮށްދެއްވީ ރައީސް ޔާމީން ކަމަށްވުމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved