March 19, 2026
Advertisement
ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް
ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް / މަޖިލިސް

މަޖިލީހުގައި އިލްމީ މެމްބަރުން ތިބެން ޖެހޭކަމަށް ބުނެ އަނާރާގެ ބަހުގެ ހަމަލާއެއް އަދުރޭއަށް!

Aishath Naja
އައިޝަތު ނަޖާ
Jul 3, 2024, 01:19 AM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވާއިރު ނިޒާމީ ތައުލީމް ފުރިހަމަވެފައި ހުރިތޯ ބަލަންޖެހޭ ކަމަށް ބުނެ ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް ބަހުގެ ހަމަލާއެއް އަމާޒުކުރައްވައިފިއެވެ.

Advertisement

އަނާރާ މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާ މެދު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހެޅި ޤަރާރަށް ބަހުސް ކުރައްވަމުންނެވެ.

އެގޮތުން އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރެވޭނެ ފަދަ މެމްބަރަކު ހޮވަން ޖެހޭ ކަމަށާއި، މަޖިލީހަށް ހޮވާ މެމްބަރުންގެ ވަކި ކުއަލިފިކޭޝަނެއް އޮންނަންޖެހޭ ކަމަށް މުޖުތަމައު ގަބޫލުކުރާ ކަމަށް ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު ނިސްބަތެެއް މިއީ ވަރަށް ތައުލީމީ ބައެއް ދިވެހީންނަކީ އެހެންވީމާ އަޅުގަނޑު ގަބޫލުކުރާގޮތުގައި ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމުގައި ރައްޔިތުން ވެސް އެބަ ބަލަން ޖެހޭ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރެވޭނެ ފަދަ މެމްބަރުން ހޮވުމަށް ވަރަށް ސަމާލުކަން ދޭންޖެހޭ.

އަނާރާ ވިދާޅުވިއެވެ.

އަނާރާ އިތުރަށް ވިދާޅުވީ މުސްތަގުބަލުގައި ކިޔަވާ ކުދިންނަށް ވަކާލާތު ކުރުމުގެ ފުރުސަތު ދިނުމަށްޓަކައި މިފަދަ ކަންތައްތައް ކަނޑައެޅުން ނުވަތަ ބަހުސްކުރުން އެއީ މުހިންމު ކަމެއްކަމަށެވެ. އަދި ތައުލީމީ ގޮތުން ވަކި ޝަރުތުތަކެއް ހަމަވާންޖެހޭތޯ ވެސް ބަލަންޖެހޭ ކަމަށާއި މިސާލަކަށް ނިޒާމީ ތައުލީމް ފުރިހަމަވެފައި ހުންނަންޖެހޭތޯ ވެސް ބަލަން ޖެހޭ ކަމަށް އަނާރާ ވިދާޅުވިއެވެ.

އަނާރާ ތައުލީމްގެ ވާހަކަ މިފަދައިން ދައްކަވާފައިވާއިރު މަޖިލީހުގެ ރައީސް އަދުރޭ އަކީ މަޖިލީހުގައި އިންނެވި އެންމެ ނާގާބިލް މެމްބަރެވެ. ތައުލީމުގެ މުހިންމުކަން އަދުރޭއަށް ނޭނގޭ ކަމަށާއި އެފަދަ ފަރާތެެއް މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved