theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އިލެކްޝަންސް ކޮމިޝަނުގެ ބައްދަލުވުމެއްގެ ތެރެއިން / އިލެކްޝަންސް ކޮމިޝަން
ހަބަރު
މިއަހަރު ސިޔާސީ ޕާޓީ ތަކަށް ފައިސާ ބެހިފައިވާ ގޮތް ހާމަކޮށްފި
Hanaan Naeem
ހަނާން އަހުމަދު ނަޢީމް
22 ޖެނުއަރީ 2024
މާލެ ސިޓީ

2024 ވަނަ އަހަރު ރާއްޖޭގައި އުފައްދާފައިވާ 6 ސިޔާސީ ޕާޓީއަކަށް ފައިސާ ބެހިފައިވާ ގޮތް އިލެކްޝަން ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

އީސީން މިކަން ހާމަކޮށްފައިވަނީ އެ އިދާރާގެ އެކްސް ހޭންޑަލްގައި ކުރި ޕޯސްޓެއްގައެވެ.

އެގޮތުން އެ ޕޯސްޓުގައި ވަނީ، ދައުލަތުގެ ބަޖެޓުން މި އަހަރު ދިނުމަށް ހަމަޖެހިފައވަނީ 44،099،905 ރުފިޔާ ކަމަށް ހާމަކޮށްފައެވެ.

މި ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ އެ ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާީ ޕާޓީ ތަކުގެ ތެރެއިން 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް މަޖިލީހުން ފާސްކުރި ދުވަހާއި ހިސާބަށް 10،000 މެމްބަރުން ހަމަވެފައިވާ ސިޔާސީ ޕާޓީ ތަކަށެވެ.

މި 6 ޕާޓީގެ ތެރެއިން ޕީއެންސީ ގައި ތިބި މެމްބަރުންގެ ނިސްބަތުން 8،167،689.58 ރުފިޔާ ޖެހުނު ނަމަވެސް ގާނޫނާއި ގަވާއިދާއި ޚިލާފުވެގެން ކޮށްފައިވާ ޖޫރިމަނާގެ ތެރެއިން ނުލިބި ހުރި ފައިސާ އުނި ކުރުމަށް ފަހު އެޕާޓީއަށް ލިބުނު އަދަދަކީ 8،072،689.58 ރުފިޔާ އެވެ.

ޕާޓީތަކަށް ކަނޑއެޅިފައިވާ ފައިސާ ބެހުމަށް ހަމަޖެހިފައިވަނީ ކޮންމެ ބޮލަކަށް 289.62 ރުފިޔާގެ މަގުން ކަމަށް އީސީ އިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?