March 22, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި / ތޭރަ އޮންލައިން

ގެެއްލުނު އެމްއެމްޕީއާރްސީގެ ފައިސާ ކުރީ އަދި މި ސަރުކާރުންވެސް ހޯދާކަށް ނޫޅޭ: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Jan 23, 2024, 06:32 AM
މާލެ ސިޓީ

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ސަރުކާރުން ވެސް އަދި އަދުގެ ސަރުކާރުންވެސް އެމްއެމްޕީއާރްސީ ހިޔާނާތުގައި ގެއްލުނު ފައިސާ އަނބުރާ ހޯދައްވަން ނޫޅޭކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު އަލަށް އުފައްދަވާ ސިޔާސީ ޕާޓީގެ ފަރާތުން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެމްއެމްޕީއާރްސީ މައްސަލައިގެ އެންމެ ބޮޑު މޭސްތެރިޔާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް ކުރީ ސަރުކާރުން މިނިވަން ކުރައްވާފައިވާ ވާހަކަ ދެއްކެވުމަށްފަހު ރައީސް ޔާމީން ވަނީ ކުރީ ސަރުކާރަށް ފާޑުވެސް އަމާޒު ކުރައްވާފައެވެ.

ފެނޭތޯ އެ ސަރުކާރުންވެސް މި ސަރުކާރުންވެސް އެންެމެ ލާރި ފޮއްޗެއްވެސް ހޯދަން އުޅޭަތަން...އިބްރާހިމް މުހައްމަދު ޞާލިހްގެ 5 އަހަރު ތެރޭގައި 0 ޓޮލަރެންސްގެ ކޮރަޮޕްޝަން ވިދާޅުވިއިރު އެންމެ ލާރި ފޮއްޗެއް އެ ގެއްލުުނު ލާރިން ވައްދާފަ ނެތް..

ަރައީސް ޔާމީން

މީރާ، އޮޑިޓާރ ޖެނެރަލް، ޕީޖީ، އެކި ލެވެލް ތަކުގެ ފަނޑިޔާރުގެތަކާއި އަދި މިނިސްޓްރީ އޮފް ފިނޭންސްވެސް އެބަހުރި ކަމަށާއި ގެއްލުނު ފައިސާ ހޯދުމަށްޓަކައި، އެހެންކަމުން މީގެން އެއްވެސްތާކަށް އެ ފައިސާ އަނބުރާ ނުހޯދިގެން އުޅޭ ސަބަބެއްވެސް ހާމަކުރަން އެބަ ޖެހޭ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެ ސުވާލު އުފައްދާފައެވެ.

އެގޮތުން ކުރީގެ ރައީސް ޞާލިހް ހުރިހާކަމަކަށް ވެސް ދެއްވާނީ ޒީރޯ ޓޮލަރެންސްކަމަށް ވިދާޅުވިނަމަވެސް އެމްއެމްޕީއާރްސީ މައްސަލައިގައި އެކަން ކުރައްވާފައިނުވާކަމަށް ރައީސް ޔާމީން ވާހަކައިގައި ފާހަގަކުރެއްވިއެެވެ.

އިންތިޚާބު ދުވަސްވަރު މި ސަރުކާރުން ވެސް އެވާހަކަތައް އަޑުހަރުކޮށް ދެއްކެވިކަމަށާއި މިއަދު އެއްވެސް ވަރަކަށް އެވާހަކަތައް ދައްކަވާ މަންޒަރެއް ނުފެންނަ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved