March 11, 2026
Advertisement
ހަށި ވިއްކަމުން ދިޔަ ތަން ބަލާ ފާސްކުރުން
ހަށި ވިއްކަމުން ދިޔަ ތަން ބަލާ ފާސްކުރުން / އިމިގްރޭޝަން

ހަށިވިއްކަމުން ދިޔަ ދެ އަންހެނަކު ހައްޔަރުކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Jul 4, 2024, 09:34 PM
މާލެ ސިޓީ

ހަށިވިއްކަމުން ދިޔަ ދެ އަންހެނަކު މާލެއިން ހައްޔަރުކޮށްފިއެވެ.

Advertisement

އިމިގްރޭޝަނުން ބުނީ މާލޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖަންސްއިން އެ އިދާރާއަށް ދިނުމާއެކު ރޭ ޓާސްކް ފޯސް އިން ހާއްސަ ރެއިޑް އޮޕަރޭޝަނެއް ހިންގި ކަމަށާއި އެ ރެއިޑްގައި ވިއެޓްނާމަށް ނިސްބަތްވާ ދެ އަންހެނަކު ހައްޔަރުކޮށް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.


ދާދި ފަހުން އައްޑޫ ސިޓީ ހަށިވިއްކާ ތަންތަން ހޯދައި 10 މީހަކު ފުލުހުން ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ދިވެހިންނާއި، ތައިލެންޑު، އިންޑިއާ އަދި މިޔަންމާއަށް ނިސްބަތްވާ މީހުން ވެސް ހިމެނެއެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަތުލައިގަންނަން ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން އަންނަނީ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާނު ވިދާޅުވީ، ސަލޫންތަކުގެ ނަމުގައި މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ މަސައްކަތް ކުރަމުން އަންނަކަން އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved