March 19, 2026
Advertisement
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ކުރިޔަށްދަނީ
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ކުރިޔަށްދަނީ / ރައްޔިތުންގެ މަޖިލިސް

"ޕްރެކްޓިސް ޕާލިމެންޓް ފޯ ވިމެން 2024" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވަލައިފި

Aishath Naja
އައިޝަތު ނަޖާ
Jan 23, 2024, 04:57 PM
މާލެ ސިޓީ

އަންހެނުންނަށް ޚާއްސަކޮށްގެން ބާއްވާ ޕްރެކްޓިސް ފޯ ޕާލިއަމެންޓް 2024 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހާއި ޔޫއެންޑީޕީ މޯލްޑިވްސް އާއި،އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް އެކްޓާނަލް އެފެއާރސް އެންޑް ޓްރޭޑާ އާއި ގުޅިގެން ކުރިޔަށް ގެންދާ މި ޕްރޮގްރާމް މަގްސަދަކީ ޑިމޮކްރެޓް ޕްރޮސެސްތަކުގައި އަންހެނުން ބައިވެރިވުމާއި އާންމު މަގާމުތަކަށް ވާދަކުރުމުގެ ގާބިލްކަން އިތުރުކުރުމުގެ އިތުރުން އިތުބާރު ބިނާކުރުމެވެ.

ޕާލިމެންޓް ޕްރޮގުރާމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. މީގެ އިތުރުން ސިޔާސީ ޕާޓީ ތަކާއި އަންހެނުންގެ ތަރައްގީއަށް މަސަކަތްކުރާ ކޮމެޓީތަކާއި އެންޖީއޯ ތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ޕްރޮގުރާމުގައި ބައިވެރިވުމަށް ޝަރުތުހަމަވާ ފަރާތްތައް ބެލުމަށް، ޕްރީ ސްކްރީނިންއެއް ހަދާނެެއެވެ. ޝަރުތުހަމަވާ ފަރާތްތަކާއި އެކު ފޯން އިންޓަވިއުއެއްކޮށް ޝަރުތުހަމަވާ މިންގަޑުތަކާއި އެއްގޮތައް މާކްސް ދޭނެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ އެންމެ މަތިން މާކްސް ލިބޭ 40 ފަރާތަކަށެވެ.

ފެބްރުއަރީ 18 އިން ފެށިގެން 24 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގުރާމް އޮންނާނީ މާލޭ ސިޓީގައެވެ.

ޕްރޮގުރާމުގައި ބައިވެރިވުމުގެ ސުންގަނޑިއަކީ ޖެނުއަރީ 27 ވަނަ ދުވަހެވެ. އަދި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށް (ޔޫއެންޑީޕީ)ގެ ނަންބަރ 9397651 އަށް ފުރިހަމަ ނަމާއި އައިޑީ ކާޑް ނަންބަރ އަދި މިހާރު ދިރިއުޅޭ ރަށުގެ މައުލޫމާތު މެސެޖް ކުރުމުން ޕްރޮގުރާމުގައި ބައިވެެރިވެވޭނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved