March 24, 2026
Advertisement
ހިޖުރީ އައު އަހަރުގެ ތަހުނިޔާ
ހިޖުރީ އައު އަހަރުގެ ތަހުނިޔާ / ތޭރަގްރެފިކްސް

ހިޖުރީ އައު އަހަރުގެ ތަހުނިޔާ ރައީސް ޔާމީން އަރިސްކުރައްވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Jul 7, 2024, 04:07 AM
މާލެ ސިޓީ

ޙިޖުރީ އައު އަހަރުގެ ތަހުނިޔާ ރައީސް އަބްދުﷲ ޔާމީންގެ ދެ ކަނބަލުން އަރިސްކުރައްވައިފިއެވެ.

Advertisement

ޙިޖުރީ ގޮތުން 1446 ވަނަ އަހަރު ފެށުމުގެ މުނާސަބާގެ ތަހުނިޔާއާ މުބާރިކު ބާދީ އަރިސްކުރައްވާ ރައީސް ޔާމީން ދިވެހި ރައްޔިތުންނަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ، ގައުމު ހަމަ މަގަށް އެޅުވޭނީ ވެރިން ޒިންމާ ދާރުކުރުވައިގެން ކަމަށާ އެހެންކަމުން ޕާޓިއަކަށް ސިޔާސީ ފިކުރަކަށް ނުބައްލަވާ ނިކުމެ ހުރިހާ ރައްޔިތުންވެސް ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ކަންކަން ރަގަޅުކުރުމުގެ ވައުދާއެކު އައި ސަރުކާރުގެ އަމަލުތަކަށް ފާރަވެރިވުމަށް ރައީސް ޔާމީން ވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވައިފައެވެ.

ޤައުމީ މަޞްލަޙަތަށްވުރެ އަމިއްލަ މަޞްލަޙަތު އިސްނުކުރުމަށް މެސެޖުގައި އެމަނިކުފާނުވަނީ އިލްތިމާސް ކުރައްވާފައެވެ.

ހިޖުރީ އައު އަހަރަކާ ކުރިމަތިލާއިރު އިސްލާމީ އުއްމަތަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ނުރައްކާތަކުގެ މަތިން ހަނދާންކޮށް ޚާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިކުރުވަމުން ގެންދާ އަނިޔާއިން އެ މުސްލިމު އަޚުންނާ އުޚުތުން ސަލާމަތްކޮށްދިނުމަށް އެދި ދުއާ ކުރުމަށް ވެސް އެމަނިކުފާނު އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved