April 18, 2026
Advertisement
މުހައްމަދު މަލީހް ޖަމާލް
މުހައްމަދު މަލީހް ޖަމާލް / ސޯޝަލް މީޑިއާ

ނިހާދަށް ސްޓޭޓް މިނިސްޓަރުކަން ދިނުމުން މަލީހްގެ ފާޑުކިޔުން ސަރުކާރަށް!

Aishath Naja
އައިޝަތު ނަޖާ
Jul 8, 2024, 06:30 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނިހާދު ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރުމުން ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

މަލީހް އޭނާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނިހާދު ބަހައްޓަން އެންމެ ރަނގަޅުވާނީ ހުޅުލެ/ހުޅުމާލެ ލިކަރ ބޮންޑެޑް ވެއަރހައުސްގައި ސްޓޭޓް މިނިސްޓަރ ފެންވަރުގައި ކަމަށެވެ.

ނިހާދަށް ސްޓޭޓް މިނިސްޓަރުކަން ދިނުމުން ދޭހަވަނީ ރައީސް މުއިއްޒުގެ އެއްވެސް އުސޫލެއް ނެތް ކަން ކަމަށް ވެސް މަލީހް ވިދާޅުވިއެވެ.

އެޭގެއިތުރުން މަލީހް ވިދާޅުވީ އެމްޑީޕީގެ އަނިޔާވެރި ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރި ޕީޕީއެމްގެ އާންމު މެމްބަރުން ތިބީ ވަޒީފާއެއް ނެތި މަގުމަތިވެފައިކަމަށެވެ.

މަލީހް ވަނީ ނިހާދަކީ ބަނގުރާ ވިއްކާ އަދި ހިއްޕަވާ ފަރާތެއް ކަމަށް ތުހުމަތުވެސް ކުރައްވާފައެވެ.

އެމްޑީޕީގެ ވެރިކަން ނިމުމާއެކު އެ ޕާޓީ ދޫކޮށް ޕީއެންސީއާ ގުޅުނު މަޖިލީހުގެ 13 މެމްބަރުންގެ ތެރެއިން އެއް މެމްބަރަކީ ނިހާދެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިހާދު އަދި ބާކީ 12 މެމްބަރުން ޕީއެންސީއަށް ސޮއިކޮށްފައިވަނީ ރިޝްވަތު ނެންގެވުމަށްފަހުއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved