March 23, 2026
Advertisement
ރައީސް ޔާމީން ޖަލްސާގައި ސުވާލު ކުރައްވަނީ
ރައީސް ޔާމީން ޖަލްސާގައި ސުވާލު ކުރައްވަނީ / ތޭރަ އޮންލައިން

ރައީސް ޔާމީން ބައިވެރިވެވަޑައިގެންނަވާ ފްރޮންޓް އޮފީސް ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ!

Aishath Naja
އައިޝަތު ނަޖާ
Jul 9, 2024, 06:07 PM
މާލެ ސިޓީ

ރަައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާ ވަރަށް ހާއްސަ ޖަލްސާއެއް 11 ޖުލައި ވާ ބުރާސްފަތި ދުވަހުގެ ރޭ އޮންނާނެކަމަށް ޕީއެންއެފް އިން ބުނެފިއެވެ.

Advertisement

ޕީއެންއެފްގެ ފަރާތުން މިކަން ހާމަކޮށްފައިވަނީ އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލްއެވެ.

އެގޮތުން މަލީހް އެކްސްގައި ކުރެއްވި ޕޯސްޓްގަައި ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ޖަލްސާ އޮންނާނީ "ފްރޮންޓް" އޮފީހުގައި ކަމަށެވެ.

އަދި ޖަލްސާ ފެށޭނީ ގަޑިން 8:45 ގައި ކަމަށް ވެސް މަލީހް ވަނީ ވިދާޅުވެފައެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިޔަށް ގެންދާ ޖަލްސާ ވެސް ވެގެންދާނީ ވަރަށް ތަފާތު ޖަލްސާއަކަަށް ކަމަށް ވެސް އެ ޕޯސްޓްގައި މަލީހް ވަނީ ފާހަގަކުރައްވާފައެވެ.

ޖަލްސާއަށް ދައުވަތު އަރުވަމުން މަލީހް ވަނީ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންނަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ދާދި ފަހުން ވެސް ފްރޮންޓް އޮފީހުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

އެ ޖަލްސާގައި ރައީސް ޔާމީން ވަނީ އަދުގެ ސަރުކާރުގައި ހުރި ބައެެއް ނޭދެވޭ ކަންކަމުގެ ވާހަކަ ފާހަގަކުރައްވާފައެވެ.

އަދި ޕީއެންއެފްގެ މައިގަނޑު މަގްސަދަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ފްރޮންޓް އޮފީހުގައި މިފަދައިން ކުރިޔަށް ގެންދާ ޖަލްސާތަކުގައި ގިނަ ބަޔަކު އަންނަނީ ބައިވެރިވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved