April 22, 2026
Advertisement
ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު
ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު / ތޭރަ އޮންލައިން

މި ރާއްޖެ ދެކޭ އެންމެ ބޮޑު ކޮރަޕްޝަނަކީ "ރަސްމާލެ" މަޝްރޫޢު: މަލީހް

Aishath Naja
އައިޝަތު ނަޖާ
Jul 9, 2024, 06:24 PM
މާލެ ސިޓީ

މި ރާއްޖެ ދެކޭނެ އެންމެ ބޮޑު ކޮރަޕްޝަނަކީ "ރަސްމާލެ" ގެ ނަމުގައި މި ސަރުކާރުން ފެށި މަޝްރޫއު ކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން މަލީހް ވަނީ ރަސްމާލެ މަޝްރޫޢުގެ ފެށުމަކީ ކައްޗައް ފެށުނު މަޝްރޫއެއް ކަމަށް ވެސް ސިފަކުރައްވާފައެވެ.

ރަސްމާލެ މަޝްރޫޢުއަށް ދައުލަތުގެ ބަޖަޓުން ހަރަދު ނުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ރަސްމާލެ މަޝްރޫޢުއަށް މިހާތަނަށް 71 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ވެސް މަލީހް ވަނީ ޕޯސްޓްގައި ތުހުމަތު ކުރައްވާފައެވެ.

އަދި އޭގެއިތުރުން ރަސްމާލެ ހިއްކުމަށް ޑީލް ކުރި ކުންފުންޏަށް ހުޅުމާލެއިން 10 ހެކްޓަރުގެ ބިން ދިނުމަށް ސަރުކާރުން އެއްބަސްވެފައިވާތީ އެވާހަކަވެސް މަލީހް ވަނީ ވިދާޅުވެފައެވެ.

ރަސްމާލެ މަޝްރޫޢު މި ސަރުކާރުން ފެެއްޓެވީ އެ މަޝްރޫޢު އަށް ކަނޑައެޅި ބަޖެތް 19 ވަނަ މަޖިލީހުން ފާސްނުކުރުމުން ދައުލަތުގެ ބަޖެޓް ބޭނުންނުވާނެ ކަމަށް ވިދާޅުވެ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

އެދުވަހު އެ މަޝްރޫޢު އިފްތިތާހްކޮށްދެއްވަމުން އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ހިއްކަން ފަށާތާ 8 މަސް ތެރޭގައި ހިއްކާ ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ފަހުން އެ މަޝްރޫއު ވަނީ ހުއްޓިފައެވެ. އޭގެ ފަހުން އަނެއްކާވެސް ވަނީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ފަށާފައެވެ.

ރަސްމާލެ 2 ވަނަ ފަހަރަށް ހިއްކަން ފެށުމާއެކު ގިނަ ބަޔަކު ބުނަމުންދަނީ މި މަޝްރޫއުއަކީ މި ސަރުކާރުގެ "ކުޅޭ ކުޅޭ" މަޝްރޫއެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved