May 2, 2026
Advertisement
ކުރީގެ ނައިބު ރައީސް ޖަމީލް
ކުރީގެ ނައިބު ރައީސް ޖަމީލް / ސޯޝަލް މީޑިއާ

ރައީސް މުއިއްޒު ކޮރަޕްޝަންތައް ހުރީ ދުރާލާ ރާވާފައި: ޑރ ޖަމީލް

Aishath Naja
އައިޝަތު ނަޖާ
Jul 9, 2024, 07:19 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު ކޮރަޕްޝަންތައް ހިންގުމަށް ދުރާލާ ރާވާފައިވާކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒުގެ ނިޔަތް ހަމަ ގޯސްކަމަށެވެ. އަދި މާތް ﷲ ތަޢާލާގެ ކުޅަދުންވަންތަ ކަމުން މިއަދު ރައީސް މުއިއްޒު ފަލީހަތްވެގެން އެ ދަނީ އަމިއްލައަށް ކަމަށެވެ.

އޭގެއިތުރުން ޑރ ޖަމީލް ވިދާޅުވީ މި ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދޭކަމަށެވެ.

އަދި މަހުގެ އަގު ކުޑަކޮށްފައިވާކަމަށް ވިދާޅުވެ ޑރ ޖަމީލް ވަނީ ރައީސް މުއިއްޒު އެމަނިކުފާނުގެ ވައުދާ ހިލާފްވެފައިވާކަން ހާމަކުރައްވާފައެެވެ.

ޑރ ޖަމީލް އިތުރަށް ވިދާޅުވީ ވެލިފުކެއްވެސް ބޭރު މީހަކަށް ނުދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް މިހާރު އަޑުއިވިގެންދަނީ ހުޅުމާލެއިން 10 ހެކްޓަރ، ރަސްމާލެއިން 60 ހެކްޓަރ ރާޖޫ ނަމަކަށް ކިޔާ ފަރާތަކަށް ދީފައިވާ ވާހަކަ ކަމަށެވެ.

އަދި ދައުލަތުން ލޯ ލާރިއެއްވެސް ނުދާނެ ކަމަށް ވިދާޅުވި ނަމަވެސް މިއަދު 77 މިލިއަން އެ ފަރާތައް ދީފައިވާ ކަމަށެވެ.

މިހުރިހާ ކަމަކީވެސް ވެލް ޕްލޭންޑް ކަންތައްތައް ކަމަށާއި ދުރާލާ މި ކޮރަޕްޝަންވެސް ރާވާފައިވާ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

ޑރ ޖަމީލްގެ އިތުރުން ގިނަ ބަޔަކު އަންނަނީ ރައީސް މުއިއްޒު އެމަނިކުފާނުގެ ވައުދުތަކާ ހިލާފްވަމުން ގެންދަވާތީ ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved