March 19, 2026
Advertisement
ވޯޓުލައި ނިމުމުން ވޯޓުތައް ގުނަނީ
ވޯޓުލައި ނިމުމުން ވޯޓުތައް ގުނަނީ / އެޑިޝަން.އެމްވީ

މަޖިލިސް އިންތިޚާބު އޮންނަ ދުވަސް ސަރުކާރު ބަންދު ދުވަހަކަށް ހަދަން މަސައްކަތް ކުރަނީ

Aishath Naja
އައިޝަތު ނަޖާ
Jan 23, 2024, 09:58 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

Advertisement

ހަބީބް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން އެ ބައްދަލުވުމުގައި މަޖިލިސް އިންތިޚާބު ބާއްވާ ދުވަހަކީ ރަސްމީ ދުވަހަކަށްވާތީ ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަދުވެދާނެ ކަމަށް ވިދާޅުވެ އިންތިޚާބުގެ ލަފާދޭ ކޮމިޓީގެ ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެހެން ކަމުން އެ ކަންބޮޑުވުންތަކަށް އިޝާރާތްކޮށް ހަބީބް ވިދާޅުވީ އިންތިޚާބު އޮންނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައި ވާނެކަމަށެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 17 ވާ އާދީއްތަ ދުވަހުއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved