April 17, 2026
Advertisement
ފުރަތަމަ ބުރުގައި ތަމްރީނުވި ޚަތީބުން
ފުރަތަމަ ބުރުގައި ތަމްރީނުވި ޚަތީބުން / އިސްލާމިކް މިނިސްޓްރީ

ޒުވާން ޚަޠީބުން ޕްރޮގްރާމުގެ ދެވަނަ ބުރުގައި ބައިވެރިވުމަށް 206 ފަރާތުން އެޕްލިކޭޝަން ހުށަހަޅައިފި

Aminath Zara
އައިމިނަތު ޒާރާ
Jul 9, 2024, 10:19 PM
މާލެ ސިޓީ

ޒުވާން ޚަޠީބުން ޕްރޮގްރާމުގެ ދެވަނަ ބުރުގައި ބައިވެރިވުމަށް 206 ފަރާތުން އެޕްލިކޭޝަން ހުށަހަޅައިފިއެވެ

Advertisement

ޒުވާން ޚަޠީބުން ޕްރޮގްރާމުގެ ދެވަނަ ބުރުގގައި ބައިވެރިވުމަށް 206 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅައިފިއެވެ. ދެވަނަ ބުރުގެ އިމްތިޙާނު ތިން ސަރަހައްދެއްގައި ބާއްވާނެއެވެ. މި ފަހަރުގެ ޕްރޮގްރާމްގެ އިމްތިހާނުތައް މާލޭގެ އިތުރަށް އައްޑޫ ސިޓީއާއި މީމު އަތޮޅުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޒުވާން ޚަޠީބު ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށް ޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމްއެކެވެ.

ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ފުރަތަމަ ބުރުގައި 100އަށް ވުރެ ގިނަ ކުދީން ވަނީ ސަނަދު ހާސިލްކޮށްފައެވެ.

މި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމަށާއި އިމާމުވެނަމާދު ކުރުމަށާއި ދީނާ ގުޅުން ހުރި އެހެނިހެން ޚާއްޞަ ތަމްރީނުތަކެއް ދެވޭނެއެވެ.

މި ޕްރޮގްރާމްގެ ސަބަބުން ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހައެއް ވަނީ ލިބިފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މިޚާއްސަ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްދާ ޕްރޮގްރާމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved