February 20, 2026
Advertisement
 އިސްލާމީ އަޤީދާއާ ބެހޭ ޢިލްމީ ދެވަނަ ދައުރާ ފެށުން
އިސްލާމީ އަޤީދާއާ ބެހޭ ޢިލްމީ ދެވަނަ ދައުރާ ފެށުން / އިސްލާމިކް މިނިސްޓްރީ

އިސްލާމީ އަޤީދާއާ ބެހޭ ޢިލްމީ ދައުރާގެ ދެވަނަ ދައުރާ ފަށައިފި

Aminath Zara
އައިމިނަތު ޒާރާ
Jul 9, 2024, 10:00 PM
މާލެ ސިޓީ

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ސަޢޫދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާ ގުޅިގެން ބާއްވާ އިސްލާމީ އަޤީދާއާ ބެހޭ ޢިލްމީ ދެވަނަ ދައުރާ ފަށައިފިއެވެ.

Advertisement

މިދައުރާގައި ކިޔަވައިދެއްވާނީ މަދީނާގެ އިސްލާމިކް ޔުނިވާރސިޓީގެ ޕްރޮފެސަރ އަދި އަލް މަސްޖިދުއް ނަބަވީގެ މުދައްރިސެއްކަމުގައިވާ އަލްސުތާޒް ޑރ. އަބްދުއްސަލާަމް އައް ސުޙައިމީ އާއި އިމާމު މުހައްމަދު ބުނު ސުޢޫދު ޔުނިވާރސިޓީގެ ޕްރޮފެސަރއެއްކަމުގައިވާ ޑރ. އާދިލް އައްސުބައިޢީއެވެ.

މި ދައުރާ އޮންނަނީ މި ޖުލައި މަހު ނުވަވަނަ ދުވަހާއި ދިހަ ވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ.

ސަޢޫދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފޮނުއްވާ ދީނީ ޢިލްމުވެރީން އެކި ދަންފަޅިތައް ނަންގަވައިދެއްވާ މި ދައުރާގައި މަޢުލޫމާތު ދެއްވާނީ ޢަރަބި ބަހުންނެވެ.

މި ދައުރާގައި މަޢުލޫމާތު ދެއްވަނީ ޢަރަބި ބަހުންނެވެ. މީގެ ފުރަތަމަ ދައުރާ ބާއްވައިފައި ވަނީ މެއި މަހުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved