ޑރ.ޖަމީލް ނޫސްވެރިންނާ ބައެްދަލުކުރައްވަނީ / އެޑިޝަން.އެމްވީ
ހަބަރު
ރައީސް ޔާމީން މިނިވަންކުރަންވީ ވައުދު އަދިވެސް ނުފުއްދާ: ޑރ ޖަމީލް
Fathmath Reem
ފާތުމަތު ރީމް
23 ޖެނުއަރީ 2024
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކޮށްދެއްވާނެ ކަމަށް ބުނެ އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު އަދިވެސް ނުފުއްދަވާ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ އިސް ގާނޫނީ ވަކީލް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ޑރ ޖަމީލް ވިދާޅުވީ ރައީސް ޑރ މުއިއްޒު ބޮޑެތި ވާހަކަތަކެއް ދައްކާފާވާ ކަމަށާއި އެހެން ނަމަވެސް މާބޮޑު ކާމިޔާބީއެއް ފެނިފައި ނުވާކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން މިނިވަން ކުރެއްވުމުގެ މުހިންމު ވައުދު އަދިވެސް ފުއްދަވާ ދެއްވާފާ ނުވާ ކަމަށް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޖަމީލް ވިދާޅުވީ ޑރ މުއިއްޒު ދެއްކެވި ވާހަކަފުޅު ތަކުގެ ސަބަބުން އަވައްޓެރި ގައުމުތަކާ އެކު އޮންނަ ގުޅުން ހީނަރުވެފައިވާ ކަމަށެވެ. އަދި ހަމައެހެންމެ ރަސްމާލެއާ މާލެ ގުޅުވާލާނީ ޓަނަލަކުން ކަމަށް ޑރ މުއިއްޒު ބުނި ބުނުމަށް ޑރ ޖަމީލް ރައްދުދެއްވާ ވިދާޅުވީ އިޤްތިޞާދީ މައްސަލަތަކާއި ހަލަބޮލިކަން އިތުރުވަމުންދާ ޤައުމެއްގައި ކަނޑުއަޑީގެ ބިޔަ ޓަނަލެއް އެޅުމަކީ އެކި ރޮނގުތަކުން ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިގެން ދާނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން ޑރ ޖަމީލް ވަނީ ބޮޑެތި އަސާސީ ބޭނުންތައް ހުރި ގައުމަކަށް މިފަދަ ޤައުމުގެ ކުރިއެރުމާ އިގްތިޞާދީ ގޮންޖެހުންތަކަށް ފަރުވާކުޑަ، އަމިއްލަ ނަފްސަށް ފުރައްސާރަކުރާ ރައީސަކު މި މަގާމަށް އެންމެ އެކަށީގެންވާ ކަމާމެދު ސުވާލު އުފައްދާފައެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved