March 29, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / އެޑިޝަން.އެމްވީ

ބުރާސްފަތި ދުވަހުގެ ރޭ ރައީސް ޔާމީން ނޫސްވެރިންނާ ބައްދަލުކުރައްވަނީ!

Aishath Naja
އައިޝަތު ނަޖާ
Jul 11, 2024, 04:35 AM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބުރާސްފަތި ދުވަހުގެ ރޭ ނޫސްވެރިންނާ ބައްދަލުކުރައްވާނެކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބުނެފިއެވެ.

Advertisement

ޕީއެންއެފް އިން ބުނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށްދާ ޖަލްސާގައި ރައީސް ޔާމީނާ ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ޖަލްސާ ފެށެން ހަމަޖެހިފައިވަނީ 08:45 ގައެވެ.

މި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅުވެސް ދައްކަވާނެއެވެ.

ދާދިފަހުން ފްރޮންޓް އޮފީހުގައި ކުރިޔަށްދިޔަ ޖަލްސާގައި ވެސް ރައީސް ޔާމީން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން އެމަނިކުފާނު ވަނީ ސަރުކާރުގެ ހުރި ބައެއް ނޭދެވޭ ކަންތައްތަކުގެ ވާހަކަ ފާހަގަކުރައްވާ ސަރުކާރު ޖަވާބުދާރީ ކުރުމަށް ޕީއެންއެފް އިން މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ފްރޮންޓް އޮފީހުގައި ކުރިޔަށްދާ ޖަލްސާތަކުގައި ގިނަ ފަރާތްތަކުން އަންނަނީ ބައިވެރިވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved