ޚަރަދުކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުގެ ކުންފުނިތަކަށް މީހުން އައްޔަންކުރުން ހުއްޓާލާފައިނުވާކަން ހާމަވެއްޖެއެވެ.
ތޭރަ އޮންލައިން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިދިކޮޅުގައި ހަރަކާތްތެރިވަމުން އަންނަ އެކްޓިވިސްޓުންނަށް ވަޒީފާގެ ފުރުސަތު ބޮޑެތި މުސާރައާއި އެކުގައި ސަރުކާރުން އަންނަނީ ހުށަހަޅަމުންނެވެ.
މިއީ ސަރުކާރުން ހިންގަމުން އަންނަ ނާގާބިލު ސިޔާސަތުތަކާއި ދެކޮޅަށް ވާހަކަ ދައްކަވާ ސަރުކާރު ޒިންމާދާރު ކުރުވަން މަސައްކަތް ކުރަން ތިބި ފަރާތްތަކުގެ އަނގަ ބަންދުކުރުމަށް ސަރުކާރުން ހިންގަމުން އަންނަ ސިޔާސަތެއްކަމަށް އެ ފަރާތްތަކުން ބުނެއެވެ.
މީގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން ވަޒީފާގެ ހުށަހެޅުންތައް ފޮނުވަމުން އަންނަކަމަށް އެމް.ޑީ.ޕީ އެކްޓިވިސްޓެއް ތޭރަ އޮންލައިން އަށް ވަނީ މައުލޫމާތު ދެއްވާފައެވެ.
އަދި ވަޒީފާގެ ފުރުސަތާއި އެކު ބޭނުންވާ މުސާރައެއް ދިނުމަށްވެސް ސަރުކާރުން ބުނެފައިވާ ކަމަށް މި ފަރާތުން މައުލުމާތި ދީފައިވެއެވެ.
ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ފިޔަވަޅުތައް އަޅަން ނިންމެވި ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ފެނިގެން ދަނީ ސަރުކާރުގެ ކުންފުނި ތަކަށް މީހުން އައްޔަނު ކުރަން މަސައްކަތް ކުރަމުންދާ މަންޒަރެވެ.