May 1, 2026
Advertisement
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަނީ
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

އަދިވެސް ބުނާނީ އިންޑިޔާ މިލިޓަރީ އެބަތިއްބޭ، ބޭރު ކުރާށޭ: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Jul 12, 2024, 03:25 AM
މާލެ ސިޓީ

އަދިވެސް ބުނާނީ ދިވެހިރާއްޖޭގައި އިންޑިޔާގެ ސިފައިން އެބަތިބި ކަމަށާއި އެ ސިފައިން ބޭރު ކުރަންޖެހޭނެ ކަމަށް، ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށް ދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ، އިންޑިޔާ ސިފައިން މި ގައުމުގައި ތިބި ކަމަށް އެމަނިކުފާނު ވިދާޅުވަނީ އެއްވެސް ސަބަބެއް ނެތި ނޫންކަމަށެވެ.

އިންޑިޔާ ސިފައިން އަދިވެސް ރާއްޖޭގެ އުތުރު، ހަނިމާދޫން ފެށިގެން ދެކުނު އައްޑޫގައި އެބަތިބި ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ފާޑުވިދާޅުވެފައެވެ.

އިންޑިޔާ އަށް މިވަގުތު ބަރޯސާވެގެން އުޅެންޖެހޭތީވެ، އިންޑިޔާ ރުއްސުމަށްޓަކައި އިންޑިޔާ ސިފައިން ނެތްކަމަށް މިއަދު ސަރުކާރުން ބުނާކަށް ޖެހިލުމެއް ނުވާނެކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

މީގެ ހަފްތާއެއް، ދެ ހަފްތާއެއްހާ ދުވަސް ކުރިން "އަލްޖަޒީރާ" އަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެއީ ޑިފެންސް މިނިސްޓަރަށް ވުރެ ވެސް މަތީގައި ހުރި މިނިސްޓަރެއް، އެއީ ސިފައިންގޭގެ އެންމެ އިސްވެރިޔާ ވީމާ. އޭނާ ވިދާޅުވަނީ ތިމަންނާމެންނަކަށް ނޭނގެޔޭ އިންޑިޔާ ސިފައިންގެ އަދަދެއް.

ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އިންޑިޔާ ސިފައިންގެ ވާހަކަ މިހާރު އެއްވެސް ފަރާތެއް ނުދައްކާ ކަމަށެވެ.

ހާއްސަކޮށް ރައީސް އޮފީހުގައި ތިއްބަވާ އެއްވެސް ތަރުޖަމާނެއް ވެސް މިއަދު އިންޑިޔާ ސިފައިންގެ ވާހަކަ ނުދައްކާވަކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ރައީސް އޮފީހުގެ ތަރުޖާމުންނަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved