May 1, 2026
Advertisement
ރައީސް ޔާމީން ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

ޕީއެންސީ މެމްބަރުންނަށް ރައީސް މުއިއްޒު ފައިސާ ދެންޏާ އެޔަށް ކިޔާނީ "ކޮރަޕްޝަން": ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Jul 12, 2024, 05:06 AM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ޕީއެންސީގެ މެމްބަރުންނަށް ކޮންމެ މަހަކު ދެމުންދާ 50،000 ރުފިޔާގެ ނަގުދު ފައިސާއަކީ ކޮރަޕްޝަންގެ ފައިސާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ ކޮންމެ މެމްބަރަކަށް ފައިސާ ދިނުމަށް ރައީސް މުއިއްޒު އެހާ ވަރަށް ފައިސާ ހޯދައްވާ ގޮތެއް ވެސް ބަލަންޖެހޭކަމަށެވެ.

ރައީސް ޔާމީން ވަނީ "މުލިއާގޭގައި މިހާރު ފައިސާ އަޅާ ގަސްތަކެއް ހުރީތޯ" ވިދާޅުވެ ސުވާލު ވެސް އުފައްދަވާފައެވެ.

އަޅުގަނޑު ވެސް އުޅުނު ތަނެކޭ އެއީ އެހެންވީމާ ފައިސާ އަޅާ ގަސްތަކެއް ހުރީތޯ. ދެން ކޮންތާކުންތޯ މި ފައިސާ ހޯދަނީ. ކޮންމެ މީހަކު އެ މީހަކަށް ލިބޭ މުސާރަ އާއި އާމްދަނީއާ ނުބައްދަލު ފައިސާ ގެންގުޅެ ކަމަށްވަންޏާ އެއީ ގާނޫނީ ގޮތުން ސުވާލު ކުރެވިދާނެ ކަމެއް

ރައީސް ޔާމީން ވިދާޅުވިއެވެ.

ފައިސާ ހޯދައިގެން މެމްބަރުންނަށް ފައިސާ ދޭ ކަމުގައިވާނަމަ އެ ފައިސާ ހޯދައްވާ ގޮތެއް ދިވެހި ފުލުހުންގެ ހިދުމަތުން ހޯދައި ބަލައި ތަހުގީގު ކުރެވެންވާނެ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވާހަކައިގައި ފާހަގަކުރައްވާފައެވެ.

ޕީއެންސީގެ ކޮންމެ މަޖިލިސް މެމްބަރަކަށް ރައީސް މުއިއްޒުގެ ފަރާތްޕުޅުން ކޮންމެ މަހަކު އެއް ލައްކަ ރުފިޔާ ދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް މި ދެމަހު ވެސް މެމްބަރުންނަށް ދީފައިވަނީ ބައި ލައްކަ ރުފިޔާއެވެ.

މިކަން "ތޭެރަ އޮންލައިން" އަށް ވަނީ ކަށަވަރުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved