
ރަސްކަމެއް ކުރާނަމޭ ރައީސް މުހައްމަދު މުއިއްޒުގައި ހިތްޕުޅުގައި އެބައޮތްކަމުގެ އިޝާރާތްތައް ފެންނަމުންދާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޑރ. ޖަމީލުވަނީ ގައުމުގައި ކަރަދު ކުޑަކުރުމުގެ ނަމުގައި ކަންކަން އިއުލާން ކުރެއްވުމަށް ފަހު އެކަންކަމަށް ރައީސް މުއިއްޒު އަމަލުނުކުރައްވާތީ ފާޑުވިދާޅުވެފައެވެ.
އެގޮތުން ގައުމު ހިންގަން އުޅުއްވަން ރައީސް މުހައްމަދު މުއިއްޒު އަތުގައި ވަގުތެއް ނެތް ކަމަށާ އިގްތިޞާދީ ޙާލަތު ދަށްވެ، ޚަރަދު ކުޑަކުރަން އަންގަވާފައި، އެތައް ބަޔަކު ވަޒީފާއިން ވަކި ކުރަމުން، ސަބްސިޑީ ކަނޑަން އަންގަވާފައި، ހުރިހާ ވަޒީރުންނާ ކުންފުނިތަކުގެ ވެރިން ރައީސް މުއިއްޒުގެ އޯޑަރަށް ޕާޓީއަށް 75 ހާސް މެމްބަރުން މި އަހަރު ނިމުމުގެ ކުރިން ހަމަ ކުރަން މިވަގުތު ތިއްބެވީ އަތޮޅުތެރޭގައި ކަމަށް ޑރ. ަޖމީލު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން މި ފަދަ މަންޒަރުތަކުން ދޭހަ ވަނީ ރަސްކަމެއް ކުރައްވަން ރައީސް މުއިއްޒުގެ ހިތްޕުޅުގައި އޮތްކަން ކަމަށް ޑރ. ޖަމީލު ވިދާޅުވެފައިވެއެވެ.
ޑރ. ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު ޚަރަދު ކުޑަ ކުރުމުގެ ސިޔާސަތު އިއުލާންކުރެއްވުމަށް ފަހުވެސް ރައީސް މުއިއްޒު އެކި މަގާމުތަކަށް މީހުން އައްޔަންކުރުން ނުހުއްޓާތީ އާންމު ރައްޔިތުން ގެންދަނީ ސަރުކާރާ މެދު ނުުރހުން ފާޅުކުރަމުންނެވެ.










