April 18, 2026
Advertisement
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަނީ
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

އެމްޑީއެންގެ މައްސަލަ މި ސަރުކާރުން ނުބަލާ ސަބަބާމެދު ރައީސް ޔާމީން ސުވާލު އުފައްދަވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Jul 15, 2024, 06:31 PM
މާލެ ސިޓީ

އިސްލާމްދީނަށް ތައުހީނުކޮށް ރަސޫލާ (ޞ.ޢ.ޥ)އަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު ލާދިނިއްޔަތަށް ހިތްވަރު ދޭ ޖަމްއިއްޔާ މޯލްޑިވްސް ޑީމޮކްެރެސީ ނެޓްވޯކު (އެމްޑީއެން)ގެ މައްސަލަ މި ސަރުކާރުން ނުބަލާ ސަބަބާ މެދު ރައީސް އަބްދުﷲ ޔާމީން ސުވާލު އުފައްދަވައިފިއެވެ.

Advertisement

ރައީސް ޔާމީން މިކަމާ މެދު ސުވާލު އުފެއްދެވީ ދަ ފްރޮންޓް އޮފީހުގައި ބުރާސްފަތި ދުވަހުގެ ރޭ އޮތް ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުންނެވެ.

ރާއްޖެއިން ސަމޯއާ އެގްރިމަންޓުމަންޓުގައި ސޮއިކުރިކުރުމަށް އިޝާރާތްލުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ގަބޫލުފުޅު ކުރައްވަނީ އިސްލާމްދީނާ ޚިލާފު އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށެވެ.

އެ ވާހަކަފުޅުގައި ރައީސް ޔާމީންވަނީ އެމްޑީއެން މައްސަލަ ވެސް މި ސަރުކާރުން ނުބަލާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެމްޑީއެން މިހާރު އެމްޑީއެން ޔޫސްޓުބީއަށް ބަދަލުވީތޯ ރައީސް ޔާމީން ވަނީ އައްސަވާފައެވެ.

ރައީސް ޔާމީން ވަނީ މިހާރުވެސް ސަރުކާރުގެ ތެރޭގައި އެމްޑީއެންގެ ރިޕޯޓު ނެރުނު މީހުން ތިބިކަން ވެސް ފާހަގަކުރައްވާފައެވެ. ރައީސް ޔާމީން ވަނީ މި ސަރުކާރުގައި ތިއްބެވީ އެމްޑީއެންގެ މައްސަލައިގައި އެންމެ ބޮޑަށް އެ ވާހަކަތައް ދެއްކެވި ބޭފުޅުން ނަމަވެސް އެއިންކަމެއްގެ ވާހަކަ މިހާރު އެ ބޭފުޅުން ނުބައްލަވާތީ ނުރުހުން އަމާޒުކުރައްވާފައެވެ.

ރައީސް ޔާމީން އެފަދައިން ވިދާޅުވެފައިވާއިރު، އެމްޑީއެން ރިޕޯޓު ނެރުމުގެ އެންމެ އިސް އެއް ފަރާތްކަމަށްވާ އަދުގެ ޕީޖީ ޝަމީމުވެސް މަގާޟުގައި މި ދައުރު ނިމެންދެން ބަހައްޓަން ރައީސް އޮފީހުން ސިއްރު އެއްބަސްވުމެއް ހަދާފައިވާކަމަށް އަޑު ފެތުރިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved