April 18, 2026
Advertisement
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު / ތޭރަ އޮންލައިން

ފެންނަ މަންޒަރުތަކުން ހާމަވަނީ މިއީ ފެށުމުގައި ވެސް ދޮގު ވެރިންތަކެއްކަން: ހުސެއިން

Mariyam Isaadha
މަރިޔަމް އިސާދާ
Jul 17, 2024, 07:49 PM
މާލެ ސިޓީ

މިހާރު ފެންނަ ކަންކަމުން އެނގިގެންދަނީ މިއީ ފެށުމުގައިވެސް ބާތިލު ދޮގާއި މަކަރުގެ ވެރިންތަކެއް އެކުލެވޭ ސަރުކާރެއްގެ ގޮތުގައި ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެއެވެ.

Advertisement

ހުސެއިން މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ހުސެއިން ވިދާޅުވީ މަޖިލިސް އިންތިހާބުގައި ސުޕަރ މެޖޯރިޓީ ލިބެންދެން ގޮވީ ހާސް ކަނޑާލާށޭ ގައުމު މެނޭޖުކޮށް ބާކީ ވާ ވަރަށް ދިވެހި އިގްތިސާދު ދުޅަހެޔޮކަމަށެވެ. ދިވެހި އިގުތިސާދުގެ ހާލަތު ސިޔާސީ، އިގްތިސާދީ އަދި ހިންގުމުގެ ގޮތުން އެޒިންމާތަކާއި ހަވާލުވެ ތިއްބެވި ބޭބޭފުޅުން ދެއްކި ވާހަކައިން ގެނުވީ ހައިރާންކަމާއި ނާ އުންމީދުގައި ކަމަށްވެސް ހުސެއިންގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

އެހެންނަމަވެސް މިހާރު ފެންނަ ކަންކަމުން އެނގިގެންދަނީ މިއީ ފެށުމުގައިވެސް ބާތިލު ދޮގާއި މަކަރުގެ ބައެއްކަމަށް ކަން ހުސެއިން ފާހަގަކުރައްވާފައިވެއެވެ. މިއަދުގެ ސަރުކާރުގެ ޖާއިޒުކަން ގެއްލިއްޖެކަން ގަބޫލު ކުރުމުގެ ފުރުސަތު ބޮޑުވެއްޖެ ކަމަށާ އޭރު މިހަރުގެ ވެރިންގެ ގޮތުގައި ތިބި އެންމެން ވެސް ގޮވީ ކުރީ ސަރުކާރޭ ކަމަށް ކަން ފާހަގަކުރައްވާ ހުސެއިން ވިދާޅުވީ ކުރީ ސަރުކާރުގެ ހާލަތު އެނގިތިބެމެ އެހާލަތު ބަދަލު ކުރާނެކަމަށް ވައުދުވެ އަހުދުވީތީ، ރައްޔިތުން ސަރުކާރު ބަދަލުކުރީ ކަން އަދުވެ ވެރިން ހަނދާން ނެތުނީ ތޯއެވެ.

އެހެންކަމުން ކުރީ ސަރުކާރޭ ކިޔާ މިހާރުގެ ވެރިން ދައްކަނީ ކެންސަލް ވާހަކަތަކެއްކަމަށްވެސް ހުސެއިން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ހުސެއިން ވަނީ ވެރިކަމުގެ ހަނީމޫން ޕީރިއަޑު ނިމި 8 މަސް ވީ ފަހުން އިގްތިސޯދީ ހާލަތު ގޯސްކަމަށް ބުނެ ގަރުދިޔަ ބަތް ކާން ރައްޔިތުންނަށް ރައީސް އޮފީހުގެ މިނިސްޓަރު އެންގުމުން އެކަމަށް ވެސް ފާޑުވިދާޅުވެފައެވެ. އަދި އެ ވާހަކަ އާ މެދު ރައްދު ދޭން ބޭނުންވަނި އެކެއުން ގޯސްވެގެން ނޫން ކަމަށާ ދައުލަތުގެ ބާރުތަކުން އަންބާކިޔާފައި ގަރުދިޔަ ބަތް ދަރަޖަ ކުރި ގޮތާއި ގައުމުގެ ހާލަތާއި ގުޅުވި ގޮތް ކަމަކު ނުދަނީ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved