ދާދި ފަހުން މުޅި މާފުށި ޖަލު ބަލާ ފާސްކޮށް ޖަލަށް ފޯނާ މަސްވތުވާތަކެތި އތެރެކުރަމުން ދިޔަ ނެޓްވޯކު "ބުރުއްސާލި" ގޮތުގެ ތަފްސީލު ވަޒީރު އަލީ އިހުސާނު ވިދާޅުވެދެއްވައިފިއެވެ.
ރާއްޖެ ޓީވީގެ "ފަށާ އިރު" ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޖަލުތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ ހޯމް ލޭންޑް އެންޑް ސެކއިރިޓީ މިނިސްޓަރު އިހުސާން ވިދާޅުވީ، އެމަނިކުފާނުގެ ލޮލުގައި އެކަމާ ގުޅުން ހުރި ކަމކަށ ްއެންމެ ފުރަތަމަ އަޅައިގަތީ ފޭސްބުކުގައި މީހަކު ޖަހާފައި އިން ސްޓޭޓަސް އެއް ކަމަށެވެ.
އެގޮތުން ވަޒީރުގެ ވެސް އުފަން އަތޮޅު، އައްޑޫ ސިޓީއަށް ނިސްބަތްވާ މީހަކު ފޭސްބުކުގައި ޖަހާފައި އޮތް ސްޓޭޓަސް އެއް ފެނިވަޑައިގެންނެވި ކަމަށާ އަދި އެމީހާއަކީ ޖަލުގައި ހުރި މީހެއްކަން އެނގިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި ކަމަށެވެ. އެހެންކަމުން އޭނާގެ ވަނަވަރާ ޖަލުގައި ހުރި ސަބަބާ ކަންކަން ސާފުކުރުވުމަށް ފަހު އެ ގޮޅީގައި ރެއިޑް ޖެހީ ކަމަށާ ރެއިޑް ޖެހި ފުރަތަމަ ދުވަހު ފޯނެއް އެ ގޮޅުން ގެންދިޔަ ކަމަށެވެ.
ނަމަވެސް އޭގެ ފަހުން އޭނާ ފޭސްބުކްގައި ސްޓޭޓަސް ޖަހަމުން ގެންދިއުމުން އަނެއްކާވެސް ގޮޅީގައި ރެއިޑް ޖަހާ އެ ދުވަހުވެސް ފޯނެއް ގެން ދިޔަ ކަމަށެވެ. ނަމަވެސް ސްޓޭޓަސް ޖެހުމަށް ބަދަލެއް ނައުމުން ތިން ވަނަ ފަހަރަށް ވެސް އެ ގޮޅި ރެއިޑްކޮށް ބެލި ބެލުމުން އަނެއްކާވެސް ފޯނެއް ފެނުނުކަމަށަ އެހާ ހިސާބުން އެމަނިކުފާނަށް، ޖަލުގެ ނިޒާމުގައި މައްސަލަ އުޅޭކަން ފަހުމުވެވަޑައިގެންނެވި ކަމަށް ވެސް ވިދާޅުވިއެވެ.
ދެން އެހާ ހިސާބުން އެމަނިކުފާނު އަމާޒު ހިއްޕެވީ އިންޓެލިޖެންސަށް މިކަން ހުށަހަޅާއިގެން ކުރިއަށް ވަޑައިގެންނެވުމަށް ކަމަށާ ފޯނު ވެއްދުމުގައި އުޅޭ ޖަލު އޮފިސަރުންނާއި, އެކަން ކުރާ ނެޓްވޯކް ދެނެގަނެވުނީ ތިން މަސް ދުވަހުގެ ބޮޑު އިންޓެލިޖެންސަކުން ކަމަށް އިހުސާން ވިދާޅުވިއެވެ.
މިހާރު ޖަލަށް ފޯނު ވައްދާ އޮފިސަރުންގެ ނެޓްވޯކްތައް ދެނެގަނެ, ނެޓްވޯކްތައް ފޫ އަޅުވާލެވިފައިވާ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.