March 11, 2026
Advertisement
އަހާ ސިލްސިލާގެ ފުރަތަމަ ފޯރަމްގެ ތެރެއިން
އަހާ ސިލްސިލާގެ ފުރަތަމަ ފޯރަމްގެ ތެރެއިން / ރައީސް އޮފިސް

"އަހާ ފޯރަމް"ގެ ހިލަމެއް ނުވެ ތިން މަސްވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Jul 20, 2024, 11:54 PM
މާލެ ސިޓީ

މި ސަރުކާރު ފެށި މިނިސްޓަރުންގެ "އަހާ" ފޯރަމް ސިލްސިލާ ހުއްޓިފައި އޮންނަތާ ތިން މަސް ފާއިތުވެ ހިނގައްޖެއެވެ.

Advertisement

ކޮންމެ ދެ މަހަކުން ބާއްވަން މި ސަރުކާރުން އިއުލާންކޮށްފައިވާ "އަހާ" ފޯރަމްގެ ދެވަނަ ފޯރަމްވެސް ތާރީޚު ފަހަނަ އަޅާ ދިޔަ ފަހުން ބޭއްވުމަށް ފަހު މިހާރު ތިން ވަނަ ފޯރަމްގެ ތާރީޚުވެސް ފަހަނަ އަޅާ ގޮސްފައިވާއިރު މިކަމުގައި ސަރުކާރުގެ ބަހެއް ނެތެވެ.

މި ސަރުކާރުން އިއުލާންކުރާ މި ފަދަ ކޮންމެ ކަމެއް ދަނީ ފަނު ފުލުން ކަމަށް ބުނެ ގިނަ ބަޔަކު ގެންދަނީ ސޯޝާލް މީޑީޔާގައި ފާޑުކިޔަމުންނެވެ.

ވަޒީރުން ބައިވެރިވާ އަހާ ސިލްސިލާގެ ފޯރަމުތައް ބާއްވަން ނިންމީ ކޮންމެ ދެ މަހަކުންނެވެ. އެކަން އިއުލާނުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. ވަޒީރުންގެ އަހާ ސިލްސިލާގެ ފުރަތަމަ ފޯރަމު ބޭއްވީ ޖެނުއަރީ 25، ގެ ރޭ ސަލްޓަންޕާކުގައެވެ. ދެ ވަނަ ފޯރަމް އޭގެ ތިން މަސް ފަހުން ބޭއްވީ އެޕްރިލް މަހުގެ 28 ވަނަ ދުވަހުއެވެ.

މި ފޯރަމްތަކަކީ އާންމުންނަށް އެތަނަށް ވަޑައިގެން ބައިވެރިވެވޭގޮތަށެވެ. އަދި ފޯރަމް ހިނގަމުންދާ ވަގުތު ސޯޝަލް މީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިގެން ކުރިއަށްދާނެ ފޯރަމްތަކެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved