March 22, 2026
Advertisement
ޕީއެންއެފް ޖަލްސާގެ ތެރެއިން
ޕީއެންއެފް ޖަލްސާގެ ތެރެއިން / ތޭރަ އޮންލައިން

އަޅުގަޑު ޖަލުގައި ހުއްޓާ ދެ ފަހަރަކު ޕީޕީއެމް/ޕީއެންސީ ތެރެއިން ބަޣާވާތްކުރި: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Jul 21, 2024, 06:18 PM
މާލެ ސިޓީ

އެމްޑީޕީ ސަރުކާރުގައި އެމަނިކުފާނަށް ކުރި ނުހައްގު ހުކުމުތަކުގައި ޖަލުގައި ހުންނަވަނިކޮށް އެމަނިކުފާނާ ދެކޮޅަށް ޕީޕީއެމް/ޕީއެންސީ ތެރެއިން ބަޣާވާތްކުރިކަމަށް ރައީށް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ބުރާސްފަތި ދުވަހުގެރޭ ދަ ފްރޮންޓް އޮފީހުގައި އޮތް ޖަސްލާގައި ބައިވެރިންނާ ކުރެއްވި ސުވާލުތަކުގެ ތެރެއިން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޔާމީން ވަނީ، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދާ ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުއާ ގުޅުވާ ޕީއެންސީ ޖަގަހައިގައާ އަދި ސަރުކާރުގެ ވެރިންނާ ސަރުކާރަށް ތާއީދުކުރާ މީހުން ދައްކމުން ގެންދާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

އެގޮތުން ޑރ. ޖަމީލާ، މަލީހަކީ ރައީސް ޔާމީނަށް އިހްލާސްތެރި ބައެއް ނޫންކަމަށް ބުނެ އަދިވެސް އިހްލާސްތެރިން ތިބީ ޕީޕީއެމް ޕީއެންސީގައިކަމަށް ބުނެ ސަރުކާރުގެ އިސްވެރިން ބުނަމުންދާ ބުނުމަށް ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ޖަލުގައި ހުންވަނަިކޮށް، އެ ވިދާޅުވާ "އިޚްލާސްތެރިން" އެމަނިކުފާނާ ދެކޮޅަށް ޕީޕިއެމް/ޕީއެންސީ ތެރޭގައި ބަޣާވާތްކުރި ކަމަށެވެ.

އަޅުގަނޑު ޖަލުގައި އޮއްވާ ނޫންތޯ މިތާ ތެރޭގައި ތިބެ (ޕީޕީއެމް/ޕީއެންސީން) ތިބެ ބަގާވާތެއް ކުރީ. އަަޅުގަނޑު ޖަލުގައި އޮއްވާ ނޫންތޯ މިތާ ތިބި ހުރިހާ ވެރިން އަޅުގަނޑާ އެންމެ ގާތްކަމަށް ރައްޔިތުންނަށް ދައްކައިގެން އުޅުނު ހުރިހާ ވެރިން ބަގާވާތް ކުރީ.

ރައީސް ޔާމީން

މި ތުހުމަތާ އެކު ރައީސް ޔާމީން ވަނީ ޕީޕީއެމް/ޕީއެންސީގެ ވެރިންނަށް ސުވާލެއް އަމާޒުކުރައްވާފައެވެ.

އެގޮތުން ރައީސް ޔާމީން ވަނީ ކަމުގެ ބުރަދަނަށް ބަލާއިރު އެމަނިކުފާނަށް ގެއްލުންދީ ނިކަމެތި ކޮށްލީ ކޮންބައެއްތޯ ސަރުކާރުގެ އިސްވެރިންނާއި ސުވާލުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved