ކަނޑިންމަ އިން ފެނުން ކިނބޫ / އެމްއެންޑީއެފް
ހަބަރު
ކަނޑިންމަ ރިސޯޓް ކައިރިން ކިނބުލެއް ފެނިގެން ރިޕޯޓްކޮށްފައިވޭ: އެމްއެންޑީއެފް
Hanaan Naeem
ހަނާން އަހުމަދު ނަޢީމް
25 ޖެނުއަރީ 2024

ދ.އަތޮޅުގެ ރިސޯޓެއް ކަމަށްވާ ކަނޑިންމަ ރިސޯޓުން ކިނބުލެއް ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް ޤައުމީ ދިފާޢީ ބާރުން ހާމަކޮށްފިއެވެ.

އެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، ދ.އަތޮޅުން ކިނބުލެއް ފެނިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

ދިގު މިނުގައި 9 ފޫޓު ހުރި މި ކިނބޫ ފެނިފައިވަނީ، ދ.އަތޮޅު ކަނޑިންމަ ރިސޯޓްގެ ފުއްޓަރު ކައިރިންނެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ކިނުބުލެއް ފެނިގެން މައުލޫމާތު ލިބިފައިވަނީ ބުދަ ދުވަހުގެ ހަވީރު 16:08 ކަންހާއިރުއެވެ. އަދި މިކަން ރިޕޯޓްކޮށްފައިވަނީ، ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

މި މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ހާބަރކްރާފްޓްގައި އެ ސަރަހައްދަށް ގޮސް އެ ކިނބޫ ހިފައި، ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ވަނީ މައުލޫމާތުދީފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved