February 20, 2026
Advertisement
ނައިބު ރައީސް، "މީޑީއާ މަރުކަޒު" ހުޅުވައިދެއްވަނީ
ނައިބު ރައީސް، "މީޑީއާ މަރުކަޒު" ހުޅުވައިދެއްވަނީ / އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީން "މީޑީއާ މައުރަޒެއް" ހުޅުވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Jul 21, 2024, 10:56 PM
މާލެ ސިޓީ

އިސްލާމިކް މިނިސްޓްރީގެ އެންމެ ފަހުގެ މައުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އެ މިނިސްޓްރީން "މީޑީއާ މައުރަޒެއް" ހުޅުވައިފިއެވެ.

Advertisement


މައުރަޒު ހުޅުވައިދެއްވީ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އިތުރުން މަޖިލީހުގެ ބައެއް މެންބަރުންނާއި މިނިސްޓްރީގެ މުވައްޒަފުން ބައިވެރިވެ ވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނިވަޑައިގަންވާ ވަރަށް ގިނަ ކަންތައްތަކެއް ފެށިފައިވާ ކަމަށާއި ގިނަ ކަންތައްތަކެއް މިހާރުވެސް ފުރިހަމަވެފައިވާ ކަމަށެވެ. އަދ، ބައެއް މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުން އަންނަކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މައުރަޒަށް ޒިޔާރަތް ކުރުމުގެ ފުރުސަތު މިއަދު ހަވީރާއި ރޭގަނޑު ވެސް ހުޅުވާލާފައިވާއިރު މާދަމާ ވެސް މައުރަޒު ހުޅުވާފައި ބެހެއްޓުމަށް މަސައްކަތް ކުރާނެކަމަށް އިސްލާމިކު މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.

މައުރަޒުގައި ވަނީ އަހަރުގެ މިހާތަނަށް މިހާރު ކުރަމުންދާ މަސައްކަތްތަކާއި ކުރެވިފައި ހުރި މަސައްކަތްތަކުގެ ތަފާސްހިސާބުތައް ބަހައްޓާފައިވެއެވެ. އޭގެ ތެރޭގައި ފާއިތުވި އަށްމަހުގެ ތެރޭގައި އަލަށް ރާއްޖޭގައި އިސްލާމްވި ބޭރު މީހުންގެ އަދަދާ އެކި ފަރާތްތަކަށް އަމާޒުކޮށް މިސްކިތްތަކުގައި ދަރުސްތައް ދީފައިވާ މިންވަރުގެ އިތުރުން ކޮންމެ ހަފުތާއަކު ވެސް ޖަލުތަކުގައި ރިހެބިލިޓޭޝަން ޕްރޮގްރާމުތައް ކުރިއަށް ގެންދިޔަ އަދަދު ފަދަ ހިސާބުތައް ފެންނަން ހުންނާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved