މަލީހް ޖަމާލް / ސޯޝަލް މީޑިއާ
ސިޔާސީ
މަލީހްގެ ސުވާލެއް: މިއީ ގަރުދިޔަ ސަރުކާރެއްތޯ؟
Aishath Naja
އައިޝަތު ނަޖާ
22 ޖުލައި 2024
މާލެ ސިޓީ

މި ސަރުކާރަކީ ގަރުދިޔަ ސަރުކާރެއްތޯ އައްސަވާ ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ސުވާލު އުފައްދަވައިފިއެވެ.

މަލީހް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެެއްވި ޕޯސްޓެެއްގައެވެ.

އެގޮތުން މަލީހް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ އަނގަޔާއި އަތާ ދިމާނުވާކަމަށެވެ.

އަދި އެފަރާތްތަކުގެ ޝަކުވާއަކީ ސަރުކާރުން ލިބެންޖެހޭ ފައިސާ ނުލިބުން ކަމެވެ. އެ ބޭފުޅުން ހަވާލުވާނެ ޕްރޮޖެކްޓެއްހާ ހިސާބުވެސް ނެތް ކަމެވެ.

އަދި ހިންގާ ބައެއް ޕްރޮޖެކްޓްތައް ވެސް ބޭރުގެ ފަރާތްތަކާއި ހަވާލުކޮށްގެން ކުރިޔަށްގެންދާތީ މަލީހް ވަނީ އަދުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތައް މަދު ވާހަކައަކީ އިއްޔެ އަކު މިއަދަކު ބަޔަކު ދައްކާ ވާހަކައެއް ނޫންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved