March 11, 2026
Advertisement
އިންޑިއާގެ ޕްރައިމް މިނސްޓަރު، ނަރެންދްރަ މޯދީ
އިންޑިއާގެ ޕްރައިމް މިނސްޓަރު، ނަރެންދްރަ މޯދީ

އިންޑިއާގެ ލަކްޝަދީޕް ޕްރޮމޯޓް ކުރުމުގެ ނަމުގައި ރާއްޖެއާ ދެކޮޅަށް ކެމްޕޭނެއް ފަށައިފި

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Jan 6, 2024, 07:54 PM

އިންޑިއާގެ ލަކްޝަދީޕް ޕްރޮމޯޓް ކުރުމުގެ ނަމުގައި ދިވެހިރާއްޖެއާއި ދެކޮލަށް ވަރުގަދަ ކެމްޕެއިނެއް އިންޑިއާއިން ފަށައިފިއެވެ.

Advertisement

މިކަން ހާމަވެފައިވަނީ ސޯޝަލް މިޑިއާގައި އާންމުވެފައިވާ އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދްރަ މޯދީ ކުޅެ ނެރެފައިވާ ވީޑިއޯއަކުންނެވެ.

އެ ވިޑިއޯގައި ވަނީ ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އޮންނަ ލަކްޝަދީޕަށް ވަޑައިގެން އެ ތަނުގެ ރީތި ކަމަށް ތައުރީފު ކުރައްވައި އެތަނުގައި ސްނޯކަލް ކުރައްވައި ގޮނޑުދޮށުގައި ހިންގަވާތަނެވެ.

މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ލަކްޝަދީޕަށް ޒިޔާރަތް ކުރުމަށް އިންޑިއާގެ ރައްޔިތުންނަށް ގޮވާލައި، އެތަނުގެ ފަތުރުވެރިކަން ކުރިއަރުވަން ހާއްސަ އިސްކަމެއް ދެއްވައިގެން ތަރައްގީގެ މަޝްރޫއެއް އިއުލާން ކުރައްވައިފަ އެވެ.

ލަކްޝަދީޕުގެ ރީތިކަން ޕްރޮމޯޓްކޮށް އެތަނުގައި ފަތުރުވެރިކަން ކުރިއެރުވުމަށް މޯދީ މަސައްކަތް ފެއްޓެވުމަކީ، ރާއްޖެއަށް ދީފައިވާ އިންޒާރެއްގެ ގޮތުގައި ބޭރުގެ ގިނ ަބަޔަކު ދަނީ ސިފަ ކުރަމުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅިގެން އިންޑިއާގައި ކެމްޕެއިނެއް ފަށައިފައިވާއިރު، މީގެ ދެ އަހަރު ކުރި، 2022 ވަނަ އަހަރު އިންޑިއާއަކީ އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ގައުމެވެ. އަދި މިދިޔަ އަހަރު އެކަނިވެސް އެ ގައުމުން 190،000 ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved