March 10, 2026
Advertisement
ބަންގާޅު ހަމަނުޖެހުން
ބަންގާޅު ހަމަނުޖެހުން / ލައިވްމިންޓް

ޔޫއޭއީގައި މުޒާހަރާކުރުމުން ބަންގްލާދޭޝްގެ 57 މީހަކު ދިގު މުއްދަތަށް ޖަލަށްލާން ހުކުމްކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Jul 24, 2024, 03:31 AM
ބަންގްލަދޭޝް

މުޒާހަރާކުރުން މަނާ ޔުނައިޓެޑް އަރަބި އެމިރޭޓްސްގައި މުޒާހަރާކުރި ބަންގްލާދޭޝްގެ 57 މީހަކު ދިގު މުއްދަތަށް ޖަލަށް ލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފައިވާ ކަމަށް ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.

Advertisement

ބަންގްލާދޭޝްގައި ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ނެގުމުގައި ގެންގުޅޭ އުސޫލާ ދެކޮޅަށް ފެށި އަދި މިހާތަނަށް 160 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ މުޒާހަރާތަކަށް ތާއީދުކޮށް ޔޫއޭއީގައި މުޒާހަރާކުރި މީހުންގެ ތެރެއިން ތިން މީހަކު ވަނީ އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ.

މުޒާހަރާކުރި ބަންގްލާދޭޝްގެ މަސައްކަތްތެރިންގެ ތެރެއިން 53 މީހަކު 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރި އިރު ދެން ތިބި މީހުންގެ މައްޗަށް އެއް އަހަރާއި 11 އަހަރާ ދެމެދުގެ ޖަލު ހުކުމް ވަނީ އިއްވައިފަ އެވެ.

އެމިރޭޓްސް ނިއުސް އެޖެންސީން ބުނީ ހުކުމުގެ މުއްދަތު ހަމަވުމުން އެ އެންމެން ވެސް އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށެވެ.

ޕާކިސްތާނާއި އިންޑިއާ މީހުންނަށް ފަހު ޔޫއޭއީގައި ތިންވަނައަށް އެންމެ ބޮޑު ބިދޭސީ އާބާދީއެއް އޮންނަނީ ބަންގްލަދޭޝް މީހުންގެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved