April 6, 2026
Advertisement
ސްޓޭޓް މިނިސްޓަރ ޝަމްނާޒް
ސްޓޭޓް މިނިސްޓަރ ޝަމްނާޒް / ސޯޝަލް މީޑިއާ

ޝަމްނާޒުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފް ބަލައިނުގަނެ ބޭރުކޮށްލައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Jul 24, 2024, 06:18 PM
މާލެ ސިޓީ

ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓަކަށް ހުއްޓާ، ސިހުރު ހެދިކަމުގެ ތުހުމަތުގައި ބަންދުކުރި ފާތިމަތު ޝަމްނާޒު އަލީ ސަލީމާ އޭނާގެ ކޮއްކޮ ހައްވާ ސަނާ އަލީ ސަލީމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފް މައްސަލަ ބަލައިނުގަތުމަށް ނިންމާ ކޯޓުން މައްސަލަ ބޭރުކޮށްލައިފިއެވެ.

Advertisement

ޝަމްނާޒު އާ އޭނާގެ ކޮއްކޮ، ސަނާގެ ފަރާތުން ހައިކޯޓަށް އިސްތުނާފު ހުށަހަޅާފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރުމުންނެވެ. ނަމަވެސް ހައި ކޯޓުން ވަނީ އެ މައްސަލައިގައި ޝަމްނާޒްގެ ފަރާތުން އެކަށީގެންވާ ގާނޫނީ ބަހުސެއް އުފައްދާފައި ނުވާތީކަމަށް ބުނެއެވެ. އަދި އެކަން ވަނީ ރަސްމީކޮށް ލިޔުމަކުން ވެސް ޝަމްނާޒަށް އަންގާފައިވާ ކަމަށް ކޯޓުން ހާމަކޮށްފައިވެއެވެ.

ކޯޓުގެ ރަޖިސްޓްރާގެ މި ނިންމުން ނަމަވެސް ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު އަދިވެސް ޝަމްނާޒަށް އޮންނާނެއެވެ. އެގޮތުން ރަޖިސްޓްރާގެ ނިންމުން މުރާޖައާކޮށް ދިނުމަށް އެދި ފަނޑިޔާރުންނަށް ހުށަހަޅަން ޝަމްނާޒަށް ފުރުސަތު އަދިވެސް އޮންނާނެއެވެ.

ޝަމްނާޒްގެ ދެބެއިން ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ އެ މީހުން ދޫކޮށްލީ މި މަހުގެ މެދުތެރޭގައެވެ. އެ މީހުން ބަންދުން ދޫކުރި ނަމަވެސް މައްސަލަ ފުލުހުން އަންނަނީ އަދިވެސް ތަހުގީގު ކުރަމުންނެވެ. ސިހުރު ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒާއި ސަނާގެ އިތުރުން ތ. ކިނބިދޫ ހުސައިން ސަމީރު ހައްޔަރުކުރީ ޖޫން މަހުގެ 23 ވަނަ ދުވަހުގެ ރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved