March 19, 2026
Advertisement
ޕީއެންއެފް ޖަލްސާގެ ތެރެއިން
ޕީއެންއެފް ޖަލްސާގެ ތެރެއިން / ތޭރަ އޮންލައިން

އިންޑިއާ ސަފާރާއިން ރާއްޖޭ ހިންގާ ހިންގުން ނިމުމަކަށް އަދިވެސް ނާދޭ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Jul 24, 2024, 06:49 PM
މާލެ ސިޓީ

އިންޑިއާ ސަފާރާއިން ރާއްޖޭ ހިންގާ ހިންގުން ނިމުމަކަށް އަދިވެސް ނާންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ދަ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، އިންޑިއާއަށް މުޅި ގައުމު ވިއްކާލަމުން ކުރީ ސަރުކާރުން ދިޔަ ދިއުމާ ދެކޮޅަށް އެންމެ ވަރުގަދައަށް ވަކާލާތުކުރުމަށް ފަހު ވެރިކަމަށް އައިސް މިހާރު ފެންނަމުން ދަނީ އެކަންކަމުގައި ފުރިހަމައަށް ބައިވެރިވަމުންދާ މަންޒަަރު ކަމަށެވެ.

އެގޮތުން އެމަނިކުފާނު ވަނީ ކުރިން ވެސް އިންޑިއާ ސަފީރު ރާއްޖޭގެ ކަންކަމަށް ނުފޫޒު ފޯރުވަމުން ދިޔަ އުސޫލުން މިހާރުވެސް އެކަން ހިނގަމުން ދާ ކަމަށެވެ. އެގޮތުން މިހާރުވެސް ދިވެހި ސަރުކާރު ހިނގަމުންދަނީ އިންޑިއާ ސަފާރާއިން އަންގާ އެންގުމާ އެއްގޮތަށް ކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވިއެވެ.

އިހު ކުރި ކަންތައް އެއަށް ވުރެ ސްޕާޓުކޮށް މިހާރު ޗީފު ޑިޕްލޮމެޓް ކުރަމުން ގެންދަނީ،

ރައީސް ޔާމީން

ރައީސް ޔާމީން ވަނީ ކުރި ސަރުކާރުން ހަދާފައި ހުރި އެގްރިމަންޓުތައް ބާތިލުނުކުރާތީވެސް ނުރުހުން ފާޅުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved