ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ތ. ކިނބިދޫގައި ފެށި ކުނި މެނޭޖްކުރުމުގެ ނިޒާމަކީ މި ސަރުކާރުން ކުރި ކަމަކަށް ހަދައިފިއެވެ.
މިނިސްޓްރީ އޮފް ކްލައިމެޓް އެންޑް ޗޭންޖް ގެ ވަޒީރު ޠާރިގް އިބްރާހިމް ބޮޑު ޕީއާރް ޓީމް އަކާއެކު އެ ރަށަށް ވަޑައިގެން ވަނީ ކުނި މެނޭޖް ކުރާ ނިޒާމު ހުޅުވައިދެެެއްވާފައެވެ.
ތޭރަ އޮންލައިން އަށް މައުލޫމާތު ލިބުނުގޮތުގައި މިނިސްޓާރ އެ ރަށަށް ވަޑައިގެން އެކަމަކީ މި ސަރުކާރުން ކުރިކަމަކަށް ހަދައި ވާހަކަ ދައްކަވާފައިވެއެވެ.
މިކަމާ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިޔާގައި ފާޑުކިޔަމުންނެވެ.
ކުރީ ސަރުކާރުން ކުރަން ފަށާފައިވާ އެތައް ކަމަކީ އަދުގެ ސަރުކާރުން ވެރިކަމާ ހަވާލުވެ ފެށި ކަންކަމުގެ ގޮތުގައި މި ސަރުކާރުން އަންނަނީ ބުނަމުންނެވެ.
މި ސަރުކާރު އައިފަހުން ފެށިފައިވާ ތަރައްގީގެ މަޝްރޫއުތައް މަދުކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.