March 10, 2026
Advertisement
ޕީއެންއެފް ޖަލްސާގެ ތެރެއިން
ޕީއެންއެފް ޖަލްސާގެ ތެރެއިން / ތޭރަ އޮންލައިން

ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޕީއެންއެފްގެ ޖަލްސާއެއް މިރޭ!

Aminath Zara
އައިމިނަތު ޒާރާ
Jul 25, 2024, 05:46 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރަންޓް، ޕީއެންއެފްގެ ޖަލްސާއެއް 25.07.2024 ވާ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.

Advertisement

ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް އެކްސްގައި ކުރެއްވި ޓްވީޓްއެއްގައި ބުނީ، އެ ޕާޓީގެ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ 8:45ގައި ފްރަންޓު އޮފީގުގައި އޮންނާނެ ކަމަށެވެ.

މި ޖަލްސާގައި ރާާއްޖޭގައި ހުރި މައްސަލަތަކަށް ބަލާ ކަމުވޮށިގެންވާ ބޭފުޅުން ވާހަކަ ދައްކަވާނެ ކަމަށް ޕިއެންއެފުން ހާމަކޮށްފައިވެއެވެ.

ޖަލްސާ އޮންނާނީ ހ. ދޫވެހި ފުރަތަމަ ފަންފިގާލާގައި ހުންނަ ދަ ފްރޮންޓު އޮފީހުގައެވެ.

ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ. އަދި ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ސަރުކާރުން ހިންގަމުންދާ ނޭދެވޭ އަދި ނުރަނގަޅު ސިޔަަސަތުތައް ފާހަގަކޮށް ބިނާކުރަނިވި ފާޑުކިޔުންތައް ފާހަގަކުރެއެވެ.

މީގެ އިތުރުން، މި ޖަލްސާތަކަށް އާންމުންގެ ބޮޑު ތަރުހީބު ލިބެމުންދާކަންވެސް ފާހަގަކުރެވެއެވެ.

ޕީއެންއެފްގެ ޖަލްސާ ޕޯސްޓަރ
ޕީއެންއެފްގެ ޖަލްސާ ޕޯސްޓަރ
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved