March 23, 2026
Advertisement
ވައްޑެ
ވައްޑެ / ޝަފްރާޒް | ތޭރަ އިމޭޖްސް

ރައީސް ޔާމީން ކުރެއްވީ ދިވެހިވަންތަ އިސްލާމީ ވެރިކަމެއް: އަހްމަދު މުހައްމަދު ވަހީދު

Aishath Naja
އައިޝަތު ނަޖާ
Jan 25, 2024, 06:46 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރެއްވީ ދިވެހިވަންތަ އިސްލާމީ ވެރިކަމެއްކަމަށް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މަޑަވެލި ދާއިރާއަށް ކުރިމަތިލައްވާ އަހްމަދު މުހައްމަދު ވަހީދު ( ވައްޑެ ) ވިދާޅުވެއްޖެއެވެ.

Advertisement

ވައްޑެ މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ޕާޓީގެ ފަރާތުން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ރައީސް ޔާމީން ދިވެހިރާއްޖޭގެ ޒައާމަތާއި ދިވެހި ޒުވާނުން މި ހަވާލުކުރީ ޒުވާނުން ކުރާ އުންމީދުތައް ހާސިލް ކުރުމަށް ކަމަށް ވިދާޅުވުމުން ވައްޑެ ވަނީ އެވާހަކަ ހަނދާނަށް ގެނުވައި ރައީސް ޔާމީނަށް ތައުރީފް ކުރައްވާފައެވެ.

ރައީސް ޔާމީން ކުރެއްވީ ދިވެހިރާއްޖެ ފަހްރުވެރިވާ، ދިވެހިވަންތަ އިސްލާމީ ވެރިކަމެއް

އަހްމަދު މުހައްމަދު ވަހީދު (ވައްޑެ)

އޭގެއިތުރުން ވައްޑެ ވަނީ ރައީސް ޔާމީންގެ ޒައާމަތުގައި ޒުވާނުންނަށް ދެއްވާފައިވާ އަހަމިއްޔަތުގެ ވާހަކަ ވެސް ތަކުރާރުކޮށް ދައްކަވާފައެވެ.

އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރީ އޮޅުވާލައިގެންކަމަށާއި އެކަމަކީ ހުރިހާ ފަރާތަކަށްވެސް އެނގޭނެ ކަމެއްކަމަށް ވައްޑެ ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ކުރީ ސަރުކާރުން ނުހައްގު ޖަލު ހުކުމެއް އިއްވުމުންވެސް އެމަނިކުފާނު ދެއްކެވީ އެމަނިކުފާނުގެ ހިތްވަރުގަދަކަން ކަމަށްވެސް ވައްޑެ ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved