March 11, 2026
Advertisement
މުލީއާގެ
މުލީއާގެ / ސޯޝަލް މީޑިއާ

މުލިއާގޭގައި ތިއްބަވާ ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރުކޮށްފި

Aishath Naja
އައިޝަތު ނަޖާ
Jul 27, 2024, 12:40 AM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމަށްވާ "މުލިއާގޭގައި" ތިއްބަވާ ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރުކޮށްފިއެވެ.

Advertisement

މައުލޫމާތު ހޯދައި ލިބިގަތުމުގެ ބާރުގެ ދަށުން މުލިއާގޭގައި ތިއްބަވާ ސިޔާސީ މުވައްޒަފުންގެ އަދަދާއި މުސާރައަށް ހޭދަވާ ވަރު ހޯދުމަށް "ތޭރަ އޮންލައިން" ގެ ފަރާތުން ރައީސް އޮފީހަށް އާރްޓީއައި އެއް ހުށަހެޅީ މެއި މަހުގެ 26 ވަނަ ދުވަހުއެވެ.

އެ އާރްޓީއައި އަށް ރައީސް އޮފީހުގެ ފަރާތުން ޖަވާބެއް ދެއްވީ ދެ މަސް ފަހުން 25 ޖުލައި 2024 ވީ ބުރާސްފަތި ދުވަހުއެވެ.

އެ ސީޓިގައި ބުނެފައި ވަނީ "އެދިވަޑައިގެންފައިވާ މައުލޫމާތު ސަލާމަތީ ސަބަބުތަކަށްޓަކައި ދެވެން ނެތް" ކަމަށެވެ.

އެއްވެސް ކަމެއްގައި ފޮރުވުމެއް، އޮޅުވާލުމެއް، ސިއްރުކުރުމެއް ނޯންނާނެ ކަމަށް މި ސަރުކާރުން ބުނި ނަމަވެސް ފެނިގެންދަނީ އެންމެ އާދާއިގެ ކަންކަން ވެސް ރައްޔިތުންނަށް ފޮރުވާ އޮޅުވާލައިގެން އުޅޭ މަންޒަރެވެ.

އެގޮތުން އެއްވެސް މައުލޫމާތެއް ހޯދުމަށް އާރްޓީއައި އެއް ހުށަހަޅަން ނުޖެހޭނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް މައުލޫމާތު ނުދީ ހިފަހައްޓަމުންގެންދާތީވެ، ނޫސްތަކުން އަންނަނީ އާރްޓީއައި ހުށަހަޅަމުންނެވެ.

ނަމަވެސް އެ އާރްޓީއައިތަކަށް ވެސް ސަރުކާރުން ޖަވާބު ނުދޭކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved