March 23, 2026
Advertisement
ރައީސް މުއިއްޒު
ރައީސް މުއިއްޒު / ސޯޝަލް މީޑިއާ

ދިފާއީ ސިޔާދަތު ކަށަވަރުކުރުމަށް ފުރަތަމަ ކުރެވުނު މަސައްކަތަކީ ބޭރު ސިފައިން ބޭލުން ކަމަށް ބުނެ ރައީސް އިތުރުފުޅު ހައްދަވައިފި

Aminath Zara
އައިމިނަތު ޒާރާ
Jul 27, 2024, 05:03 PM
މާލެ ސިޓީ

ރާއްޖޭގެ ދިފާއީ ސިޔާދަތު ކަށަވަރުކުރުމުގެ ގޮތުން ކުރެވުނު ފުރަތަމަ މަސައްކަތަކީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ރާއްޖެއިން ގެންދިއުމުގެ މަސައްކަތްކަމަށާއި އިންޑިއާއާއެކު އޮތް ގާތްގުޅުމުގެ ތެރެއިން އެކަން މިހާރު ހާޞިލުކުރެވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެ އިތުރުފުޅު ހައްދަފައިފިއެވެ.

Advertisement

ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މިހެން ވިދާޅުވި އިރު އިންޑިޔާ ސިފައިން ރާއްޖޭގައި އެކި ސިފައިގައި ހަރަކާތްތެރިވަމުން އަންނަކަން އެއީ އެންމެނެނަށް އިނގޭ ބޮޑު ސިއްރެކެވެ.

މިހާރު ރާއްޖޭގައި ޔުނިފޯމް އަޅައިގެން އަދި ޔުނިފޯމު ނާޅާވިޔަސް ބޭރުގެ ގައުމެއްގެ ސިފައިން ނުތިބޭނެކަމުގެ ޔަގީންކަން ދެއްވިއިރު، އިންޑިޔާ ވަސީލަތްތައް އޮޕަރޭޓް ކުރުމަށް އިންޑިޔާ މީހުން އުޅޭ ކަމަށްވެސް ރައީސް ވަނީ ފާހަގަކޮށްފައެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ދެއްކެވި އެއްވެސް ވާހަކަފުޅަކާއި މިހާރު ކަން ކުރައްވާ ގޮތާއި ދިމާ ނުވާއިރު ރާއްޖެއިން އިންޑިއާ ސިފައިން ފައިބައިފި ކަމަށް ވިދާޅުވަމުން ގެންދެވިޔަސް އެ ގައުމުގެ މީހުން އަދިވެސް ތިބި ކަމަށް ބުނަމުންދަނީ ހަމަ ސަރުކާރުންނެވެ. މިގޮތުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން އިންޑިއާއާއެކު އޮންނަ ގުޅުމާއި ގުޅޭގޮތުން ދައްކަވާ ވާހަކަފުޅުތަކުން ސާފުވަނީ އިންޑިއާގެ ނުފޫޒު އޮތް މިންވަރެވެ.

ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ގައުމާ މުޚާތަބުކުރައްވާ ރައީސް އިތުރުފުޅު ހެއްދެވުމުން ހާމަވަނީ ރައީސްގެ އެއްވެސް އިޚުލާސްތެރިކަމެއް ނެތް ކަމާއި ގައުމަށް ފުރިހަމަ މިނިވަންކަމެއް ހޯއްދަވަން މަސައްކަތް ނުކުރާކަން ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved