ކާބަފައިންގެ ޒަމާނުއްސުރެ ދިވެހީންގެ ބާރު އޮތް ދިވެހީންގެ ލޭނާރު ކަމަށްވާ މަސްވެރިކަމުގެ ސިނާއަތް ބޭރު މީހެއްގެ އަތް މައްޗަށް ދީއްލާލައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހު އެމަނިކުފާނު ގައުމާ މުޚާތަބު ކުރައްވާ ދެއްކެވި ވާހަަކަފުޅުގައި ވިދާޅުވެފައިވަނި މިހާރު އެމަނިކުފާނު އަމާޒު ހިއްޕަވާފައި ހުރީ މިފްކޯއަށް ބޭރުގެ ސީއީއޯއަކު ހޯދުމަށް ކަމަށެވެ.
އެއް ކަމަކަށް މިހާރު ކުރެވޭ ކަމަކީ މިފްކޯ ދެން ނަގާ ކޮޅަށް ޖެހޭނީ ދުނިޔޭގެ ފެންވަރުގެ، ރާއްޖެއިން ބޭރުން އެންމެ މަތީ ފެންވަރުގަ ކުންފުނިތައް ހިންގާފައި ހުރި ފެންވަރުގެ ރަގަޅު ހިންގުންތެރި ތަރުޖިބާކާރު މީހަކު ހަޔަރކޮށްގެން ގެނެސް މިފްކޯއާ ހަވާލުކޮށްގެންކަން. އެކަން މިހާރު މިކުރަނީ
މިފްކޯއާ ބޭރުގެ މީހަކު ހަވާލުކުރުވަނީ ދިވެހިން އެ މަގާމަށް ގެނައުމުން ކޮރަޕްޝަނަށް މަގު ފަހިވާތީ ކަމަށް ދޭހަވާ ފދަ މޭރުމަކުން ރައީސް މުއިއްޒު ވާހަކަ ދައްކަވާފައިވެއެވެ.
ރައީސް މުއިއްޒު މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވާއިރު، އެމަނިކުފާނު މިފްކޯއަށް އައްޔަންކުރެއްވި އެމްނިކުފާނުގެ ބެސްޓު ފްރެންޑް ކަމަށްވާ އަހުމަދު ޝަމާހު ވަނީ ކޮރަޕްޝަންގެ ވަކިތަކުން މިފްކޯ ފުރާލުމުން މަގާމުން ވަކިކޮށްފައެވެ.
އޭގެ ފަހުން އަދި މިފްކޯއަށް ސީއީއޯއަކު އައްޔަންކޮށްފައިނުވެއެވެ.