ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެއްވެސް ސިޔާސަތުފުޅެއް ދް ޑިމޮކްރެޓްސްއަށް މިހާރު ކަމުނުދާކަމަށް ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީއާ އެކު މަސައްކަތްކުރުމަށް ނިންމާ ދަ ޑިމޮކްރެޓްސްއާ އެމްޑީޕިއިން ބޭއްވި ޖޮއިންޓް ޕްރެސްްއެއްގައެވެ.
އެގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވަން ޒިންމާދާރު އިދިކޮޅު ބައެއްގެ ގޮތުގައި ދެ ޕާޓީން މަސައްކަތް ކުރަން ނިންމާ އެކަން އިއުލާނުކޮށް ބޭއްވި ޕްރެސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއަރ ޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، ކުރިންވެސް ދެބައި މީހުންގެ މެދުގައި ހުރި ޚިޔާލު ތަފާތުވުންތައް އެބަހުރި ކަމަށާ ނަަމވެސް ގައުމުގައި ހުރި ބައެއް ކަންކަމުގައި ދެ ބައި މީހުންނަށް ރަގަޅު ކުރަން ޖެހޭ ކަަމށް ނުވަތަ އިސްލާހު ކުރަން ޖެހޭ ކަންކަމުގެ ގޮތުގައި އިއްތިފާގުވެވޭ ކަންކަން ހުރުމުން މަޖިލީހުގެ ތެރެއިން އެ މަސައްކަތަށް މަގު ފަހި ކުރުމަށް އެއް ގަލަކަށް އެރީ ކަމަށެވެ.
މި މަސައްކަތް ކުރަނީ މި ގައުމުގައި އަޅުގަނޑުމެން ދެބައި މީހުން ވެސް ކަންބޮޑުވާ ކަންތައްތަކެއް ހުރީމާ އެކަންކަން މަޖިލިސް ތެރެއިން މަސައްކަތްކުރެވޭނެ ގޮތެއް ހޯދަން
މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ދަ ޑިމޮކްރެޓްސްގެ ޗެއަރ ޕާސަން ހަސަން ލަޠީފު ވިދާޅުވީ، މި މަސައްކަތް ކުރަނީ މި ގައުމުގައި އަޅުގަނޑުމެން ދެބައި މީހުން ވެސް ކަންބޮޑުވާ ކަންތައްތަކެއް ހުރީމާ އެކަންކަން މަޖިލިސް ތެރެއިން މަސައްކަތްކުރެވޭނެ ގޮތެއް ހޯދަންކަމަށެވެ.
މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައެޅުމުގެ ކަންކަމާ، ސިޔާސީ މަގާމުތަކަށް އައްޔަންކުރާ މީހުންގެ އަދަދު އިތުރުވެ މަތިބަރުވަމުންދާ ދިއުމަށް ހުއްޓުމެއް ގެނައިމުގެ އިތުރުން އެސްއޯއީތައް ހިންގަމުންދާ ގޮތުގައިވެސް އެބަ ހުރި ކަންބޮޑުވުންތައް. އެކަންކަން އިސްލާހުކުރަން އެމްޑީޕީއާ އެކު މި އެއް މޭޒަކަށް އެރީ
ދެ ޕާޓީއިން ވެސް ހާމަކުރި ގޮތުގައި މި ކަމަކީ ރާއްޖޭގައި ހުރި މުހިންމު ކަންތައްތައްކުގައި އެކުގައި މަސައްކަތް ކުރުމަށް ނިންމި ނިންމުމެއް ނަމަވެސް މާޗް 17 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީ އާއި ޑިމޮކްރެޓްސް ވާދަކުރާނީ ވަކިން ކަމަށެވެ.
ދަ ޑިމޮކްރެްޓްސްއަށް ރައީސް މުއިއްޒުގެ އެއްވެސް ސިޔާސަތެއް ކަމުނުދާ ކަަމށް ބުނެ އުނބަށް ޖަހައިގެން އުޅެނީ ދަ ޑިމްކްރެޓްސްއިން ޑިމާންޑް ކުރި ކަންކަމަށް ރައީސް މުއިއްޒު އެއްބަސްނުވުމުން ކަމަށް އަޑު ފެތުރިފައިވެއެވެ.
އެގޮތުން އިންޑިއާ ސިފައިން ބޭލުން ފަދަ ކަންމަމާ ޚިޔާލު ތަފާތުވެފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ސިޔާސަތުތައް ކަމުނުދާ ކަމަށް ބުނެ ޑިމޮކްރެޓްސްއިން ސަރުކާރާ ދެކޮޅަށް މަސައްކަތްތައް ކުރަން ފަށާފައިވާއިރު އެ ޕާޓީއިން ވަނީ އެމްޑީޕީ އާ ދެކޮޅަށް ރިޔާސީ އިންތިހާބުގައި ނުކުމެ ދެ ވަނަ ބުރުގައި ރައީސް މުއއިްޒު ހޮވުމަށް މަސައްކަތްވެސް ކޮށްފައެވެ. އޭރު އެމަނިކުފާނުގެ ސިޔާސަތުތަކަށް ފުރިހަމަ ތާއީދުކުރާ ކަމަށް ވެސް ޑިމޮކްރެޓްސްއިން ހާމަކޮށްފައިވެއެވެ.
މި ސަރުކާރުގައި ޑިމޮކްރެޓްސް ތަމްސީލު ކުރައްވާ ވަޒީރުންނާ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ހިމެނެއެވެ.