

ދައުލަތުގެ މުދާ އަޅާ ނުލާ ބެހެއްޓުމަކީ އިހުމާލެއް ކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް މިފަދައިން ރޭ ދަންވަރު އޯކިޑް ޕްލާޒާގައި ރޯވުމުާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން މަލީހް ވިދާޅުވީ އޯކިޑް ޕްލާޒާ ކުޑަ މަރާމާތަކުން ސަރުކާރުގެ އޮފީހެއް ނޫނީ ގުދަނަކަށް ބޭނުންކުރެވި އެތައް ފައިސާއެއް ދައުލަތައް ސަލާމަތްކުރެވޭނެ ކަމަށެވެ.
ސުޕާރ މެޖޯރިޓީ މަޖލިހުން ބަލަންޖެހެނީ މިފަދަ ކަންކަން ކަމަށް ވިދާޅުވެ މަލީހް ވަނީ އެކަން ބެލުމަށް މަޖިލީހަށް ގޮވާލާފައެވެ.
ބުރުޒު މަގުގައި ހުންނަ 4 ފަންގިފިލާގެ އެ އިމާރާތުގައި އަލިފާން ރޯވެފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
ސިފައިންނަށް ރިޕޯޓް ކުރެވި އަލިފާން ވަނީ ކޮންޓްރޯލް ކޮށް ނިވާލާފައެވެ.