މެމްބަރު ވަހީދު (ވައްޑެ) / މަޖިލިސް
ސިޔާސީ
އަންހެނުންނަށް ފުރައްސާރަކުރުމުން ކުރީގެ މެމްބަރު ވައްޑެ ހުސައިން ޝަރީފަށް ފާޑުވިދާޅުވެއްޖެ
Aishath Naja
އައިޝަތު ނަޖާ
29 ޖުލައި 2024
މާލެ ސިޓީ

އަންހެނުންނަކީ ބަދިގޭގައި ތިބެންޖެހޭނެ ބައެއްގެ ގޮތުގައި ހުޅުމާލޭ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ހުސައިން ޝަރީފު ދެކުމުން، މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ފާޑު ވިދާޅުވެއްޖެއެވެ.

ހުސައިން ވަޒީފާއާ ބެހޭ ޤާނޫނަށް އިސްލާޙު ހުށަހެޅުމުގެ ބިލަށް ވާހަކަ ދެއްކެވި ވީޑިޔޯ އެކްސްގައި ހިއްސާ ކުރެއްވުމަށްފަހު ވައްޑެ ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އެގޮތުން އޭނާ ވިދާޅުވީ ރާއްޖޭގެ މުހިންމު ދާއިރާތަކުގެ އެންމެ މުހިންމު މަސައްކަތްތަކުގައި އަންހެނުންގެ ހިއްސާ ފިރިހެނުންނަށްވުރެ މިހާރު ކުޑައެއް ނޫންކަމަށެވެ.

އަންހެނުންނަކީ ބަދިގޭގައި ތިބެންޖެހޭ ބައެއްގޮތަށް ދެކި، އަންހެނުންނަށް ކުޑައިމީސް ކުރުމުގެ “ކަޓު” ވިސްނުން ގެންގުޅޭ މީހުން އަދިވެސް އުޅޭކަމީ ދެރަ ކަމެއް ކަމަށް ވެސް ވައްޑެ ޕޯސްޓްގައި ވިދާޅުވިއެެވެ.

މިއަދު ގޭގައި ކެއްކުމަށްވެސް އުޅެނީ ބިދޭސީންކަން ފާހަގަކޮށް ހުސައިން ވަނީ ދިވެހި އަންހެނުން މިއަދު ތިބެނީ މަސައްކަތެއް ނުކޮށް، "ކަސޯޓީ" ބަލަންކަމަށް ވިދާޅުވެ އަންހެނުންނަށް ފާޑުވިދާޅުވެފައެވެ.

މިހާ ތަރައްގީވެފައި އޮތް ޒަމާނެއްގައި މެމްބަރު ހުސައިން އަންހެނުންނާ ދޭތެރޭ ގެންގުޅުއްވާ ވިސްނުމަށް ވައްޑެ ގެ އިތުރުންވެސް ގިނަ ބަޔަކު އަންނަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved