March 24, 2026
Advertisement
ޚަރަދު ކުޑަކުރަން ހުއްޓުވަންވީ ރައްޔިތުންގެ ބަސްބުނުމުގެ ހައްގެއް ނޫން، ދައުލަތުގެ އިސްރާފު: ވައްޑޭ
ޚަރަދު ކުޑަކުރަން ހުއްޓުވަންވީ ރައްޔިތުންގެ ބަސްބުނުމުގެ ހައްގެއް ނޫން، ދައުލަތުގެ އިސްރާފު: ވައްޑޭ / މަޖިލިސް

ޚަރަދު ކުޑަކުރަން ހުއްޓުވަންވީ ރައްޔިތުންގެ ބަސްބުނުމުގެ ހައްގެއް ނޫން، ދައުލަތުގެ އިސްރާފު: ވައްޑޭ

Mariyam Isaadha
މަރިޔަމް އިސާދާ
Mar 23, 2026, 04:06 PM
މާލެ ސިޓީ

ޚަރަދު ކުޑަކުރުމުގެ ނަމުގައި އަރައިގަންނަންވީ ރައްޔިތުންނަށް ބަސްބުނަން ލިބިފައި އޮތް ހައްގަށް ނޫން ކަމަށާ ޚަރަދު ކުޑަކުރާ ނަމަ ސިޔާސީ ޚަރަދުތައް ކުޑަކުރުން މާ ރަގަޅު ކަމަށް އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

Advertisement

ގައުމުގައި ބާއްވާ މައި ދެ އިންތިހާބު ޚަރަދު ކުޑަކުރުމުގެ ނަމުގައި އެއްކޮށްލަން ސަރުކާރުން މަސައްކަތްކުރަމުންދާ ދިއުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ވަހީދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ސަރުކާރުގެ ތިން އަހަރުގެ ބަޖެޓަކީ 176 ބިލިއަން ރުފިޔާ ކަމަށެވެ. އަދި އާންމު ވޯޓެއް ނުވަތަ ރިފަރަންޑަމްއެއް ނެގުމަށް ހޭދަވަނީ މުޅި ބަޖެޓުގެ އެންމެ 0.02 އިންސައްތަ ކަމަން ފާހަގަކުރައްވާ ވަހީދު ވިދާޅުވެފައިވަނީ، ޚަރަދު ކުޑަކުރަން ފުރަތަމަވެސް ބަންދުކުރަންޖެހެނީ ރައްޔިތުންގެ ބަސް ބުނުމުގެ ހަނި ޖާގައެއް ނޫން ކަމަށެވެ.

ޚަރަދު ކުޑަކުރުމުގެ ހެޔޮ ނިޔަތް ވެރިންގެ ކިބައިގައި އޮތް ނަމަ ޚަރަދުކުޑަކުރުމުގެ ގޮތުން  ސަރުކާރުގެ ބިޔަ ސިޔާސީ އިސްރާފުގެ ތެރެއިން އެކަން ކުރުން މާ އައުލާކަން ބޮޑުވެގެންވާ ކަމަށް ވެސް ވަހީދު ވިދާޅުވެފައިވެއެވެ.

ވައްޑެ މިފަދައިން ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ ވަޒީފާތައް އިއުލާން ކުރަމުންދަނީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމާ މިފަދަ ސިޔާސީ ބޭނުންތަކަށް ކުރާ ބޮޑެތި ޚަރަދުތައް ހުއްޓާނުލައި، އިންތިޚާބުތައް މަދުކުރުމުގެ ނަމުގައި ރައްޔިތުންގެ ބައިވެރިވުން ކުޑަކުރަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ގިނަ ބަޔަކު ބުނަމުންދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved