February 26, 2026
Advertisement
ރައީސް މުއިއްޒު އިންތިހާބު ތެރޭގައި
ރައީސް މުއިއްޒު އިންތިހާބު ތެރޭގައި / ސޯޝަލް މީޑިއާ

ރައީސް ޔާމީނަށް ދޯކާ ދިން މީހަކު އެހެން މީހުންނަށްވެސް ދޯކާ ދޭނެކަން ދަންނަންވާނެ: ކުރީގެ މެމްބަރު ވައްޑެ

Mariyam Isaadha
މަރިޔަމް އިސާދާ
Jul 13, 2024, 12:36 AM
މާލެ ސިޓީ

އެންމެ ކައިރީގައި އުޅެމުން، ރައީސް އަބްދުﷲ ޔާމީނަށް ދޯކާ ދިން މީހަކު އެހެން މީހުންނަށްވެސް ދޯކާ ދޭނެކަން ދަންނަންވާނެ ކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)ގެ ފާޑުކިޔުން ރައީސް މުހައްމަދު މުއިއްޒަށް އަމާޒުކޮށްފިއެވެ.

Advertisement

ވައްޑެގެ ފާޑުކިޔުން އަމާޒުކޮށްފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

އެގޮތުން ރައީސް ޔާމީންގެ ނަންފުޅު ޖަހާފައި ހުރި ގޮނޑިއެއް ކައިރީ ރައީސް މުއިއްޒު އިށީދެ އިންނަވާ މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާކޮށް ވައްޑެ ވަނީ އެއް ފުޅަށް މަތިން ފުންމާލި ބަކަރި އަނެއް ފުޅަށް މަތިންވެސް ފުންމާލާނެ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ރައީސް ޔާމީނަށް މިހާ ދޯކާ ދިން މީހަކު އެހެން މީހުންނަށްވެސް ދޯކާ ދޭނެކަން ދަންނަންވާނެކަމަށްވެސް ވައްޑެގެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.

ވައްޑެ މިފަދައިން ވިދާޅުވެފައިވާއިރު، ވައްޑެއަކީ ވެސް ރައީސް ޔާމީނަށް ނުހައްގުން އަނިޔާ ދިނުމުގައި ކުރީ ސަރުކާރުން ހިންގި ޖަރީމާގެ ބައިވެރިއެކެވެ.

މި ސަރުކާރު ވެރިކަމަށް އައީ ރައީސް ޔާމީންގެ ނަންފުޅާ ހުސް ގޮނޑިއާ ފޮޓޯފުޅު ދައްކައިގެން ކަމީ ދިވެހި ރައްޔިތުންނަށް އެނގޭ ހަގީގަތެކެވެ. މި ކަން ގިނަ ރައްޔިތުން ފާހަގަކުރަމުންދާތީ ސަރުކާރު ޕްރޮމޯޓުކުރާ މީހުން ރައްޔިތުންނާ މެދު ނުރުހުން ފާޅުވެސް ކުރާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved