
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު ގެންގުޅެމުން ދަނީ ކަރަދު ކުޑަކުރުމުގެ ސިޔާސަތެއް ކަމަށް ބުނަމުން ގެންދާތީ އެކަމާ ގުޅިގެން އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)ގެ ސުވާލެއް މަޖިލިސް މެމްބަރުންނަށް އަމާޒުކުރައްވައިފިއެވެ.
ވައްޑެ ސުވާލު އަމާޒުކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނިމި ދިޔަ މަޖިލީހުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ އެކު ފުރަންދާ އެންމެންނަށް ވީއައިޕީ ޚިދުމަތް ދިނުން ހުއްޓުވާ ބިލު ފާސްކޮށް ތަސްދީގުކޮށްފައިވަނިކޮށް 20 ވަނަ މަޖިލީހުން ވަނީ އަލުން އެ ބިލަށް ބަދަލު ގެނެސް ރައްޔިތުންގެ މަޖިލީހުގެ މެމްމބަރުންނާ އެކު ފުރަންދާ އެންމެންނަށްވެސް ވިއައިޕީ ޚިދުމަތް ލިވޭ ގޮތަށް ބިލު ފާސްކޮށްފައެވެ.
މިކަމާ ގުޅިގެން ވައްޑެ ވަނީ ކުރިން ކަނޑާލާފައި އޮތް ބޮޑު ޚަރަދެއް އަލުން ބަލުން ކުރާން ނިންމީ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުންތޯ އައްސަވާ ވެރިކަން ކުރާ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހަށް ސުވާލެއް އަމާޒުކޮށްފައެވެ.
ވައްޑެގެ މި ފަދަ ސުވާލެއް މަޖިލީހަށް އަމާޒުކޮށްފައިވާއިރު މަޖިލިސް މެމްބަރުން ގެންދަނީ އެ މެމްބަރުންގެ މުސާރަ ވެސް މި ފަދަ ތަދު ދުވަސްވަރެއްގައިވެސް ކުޑަ ކުރުމަށް ދެކޮޅު ހަދަމުންކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ގިނައީވެސް ސަރުކާރު ތަމްސީލު ކުރާ މެމްބަރުންނެވެ.










