February 26, 2026
Advertisement
މެމްބަރު ވަހީދު (ވައްޑެ)
މެމްބަރު ވަހީދު (ވައްޑެ) / މަޖިލިސް

ވައްޑެގެ ފާޑުކިޔުން ސަރުކާރަށް: ރައީސް މުއިއްޒާއެކު ރާއްޖެވަނީ ބޮއްސުންލާފައި!

Aishath Naja
އައިޝަތު ނަޖާ
Sep 9, 2024, 01:53 AM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު ދިވެހިރާއްޖެ ބޮއްސުންލާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

Advertisement

ވައްޑެ މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން އަދި 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ކެންޕޭންގެ ތެރޭގައި މިސަރުކާރުގެ ބޭފުޅުން ދެއްކި ވާހަކައާއި މިހާރު ދައްކަމުންދާ ވާހަކަތައް މުޅިން ތަފާތުވެފައިވާ ކަމަށެވެ. މިއީ ރައްޔިތުންނަށް ކަންކަން އޮޅުވާލުން ކަމަށް ވެސް ވައްޑެ ވިދާޅުވިއެވެ.

ވައްޑެ އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅަށް އެނގިވަޑައިގަންނަވާ، ދަރަނި ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދެއްވި ކަމަށެވެ.

ނަމަވެސް ހުރިހާ ކަމެއް ބޮއްސުންލައިގެން ދިއުމުން ކުރީ ސަރުކާރު ކުށްވެރި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ކުރީ ސަރުކާރު ކުށްވެރި ކުރިނަމަވެސް މިސަރުކާރުގެ ބޭފުޅުންނަށް މަސްއޫލިއްޔިތުން ރެކެވެން ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑޮލަރުގެ ތާށިކަން ވެސް އިންތިހާއަށް ކުރިމަތިވެފައިވާ ކަމަށާއި، ރާއްޖޭގެ މަސައްކަތްތެރިކަމުގެ ހުރިހާ ދައިރާއެއް ހަލާކުވަމުންދާ ކަމަށް ވިދާޅުވެ ވައްޑެ ވަނީ ރައީސް މުއއިްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved