ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވިޝަނަރީ ލެވެލް މާ ތަފާތު ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަލަށް އުފައްދަވާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ( ޕީއެންއެފް )ގެ ފަރާތުން ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މައްޗަން ގޯޅި އުތުރު ދާއިރާއަށް ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އައްސަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އައްސަދު މިފަދައިން ވިދާޅުވެފައިވަނީ ބުދަ ދުވަހުގެ ރޭ ޗެނަލް 13 އިން ގެނަސްދޭ ޕީއެންއެފްގެ އަދާހަމަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
އައްސަދު ވިދާޅުވީ އެހެން ބޭފުޅުންނާ އަޅާ ބަލާއިރު ރައީސް ޔާމީންގެ ވިޝަނަރީ ލެވެލްގެ އިތުުރުން އެމަނިކުފާނުގެ މަސައްކަތުގެ ނަތީޖާވެސް މާ ތަފާތު ކަމަށެވެ.
ރައީސް ޔާމިންއާ ޝަހްސިއްޔަތު އަސްލު ނަތީޖާއަކީ. ސަބަބަކީ އެމަނިކުފާނުގެ ވިޝަނަރީ ލެވެލް މާ ބޮޑަށް ތަފާތީ އަދި މަސަތްކަތުގެ ނަތީޖާވެސް މާ ބޮޑަށް ތަފާތީ.
މިގެ އިތުރުން އައްސަދު ވިދާޅުވީ ޕާޓީގެ މެންބަރުންގެ އިތުރުން ރައްޔިތުންގެ ލޯބި ވެސް އެކަމުގެ ސަބަބުން އިތުރުވެގެން ދިޔަ ކަމަށެވެ.
އައްސަދު ވިދާޅުވީ ރައީސް ޔާމީންނަށް ލިބިގެން އެދާ ބޭ އިންސާފާ ޖަލުގައި އެ ހޭދަ ކުރެއްވި ދުވަސްތަކަކީ ރައްޔިތުންނަށްޓަކައި އަދި ގައުމުގެ ހައްގުގައި ވީ ގުރުބާނީ އެއް ކަމަށެވެ.