March 21, 2026
Advertisement
ރައީސް ޔާމީން، ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން، ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

ރައީސް ޔާމީންގެ ޗެލެންޖެއް ރައީސް މުއިއްޒަށް: ކެރިވަޑައިގަންނަވަންޏާ އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން ކޮމިޝަނެއް އެކުލަވާލައްވާ!

Mariyam Isaadha
މަރިޔަމް އިސާދާ
Jul 30, 2024, 03:27 AM
މާލެ ސިޓީ

އެމްއެމްޕީއާރުސީގެ މައްސަލަ މި ސަރުކާރުން ބަލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން ރައީސް އަބްދުﷲ ޔާމީންގެ ވަރުގަދަ ޗެލެންޖެއް އަމާޒުކުރައްވައިފިއެވެ.

Advertisement

ރައީސް ޔާމީން މި ޗެލެންޖު ކުރެއްވީ ދަ ފްރޮންޓް އޮފީހުގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ގާނޫނީ ވަކީލު އާދަމް އާސިފްއަށް ސުވާލުތަކެއް އަމާޒުކުރައްވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވަނީ އެމްއެމްޕީއާރުސީގެ ކަޅު ފައިސާގައި ޖެހުނު އެންމެ ގިނަ މީހުން މިއަދު ތިބީ ރައީސް މުއިއްޒު އަރިހުގައި ކަމަށާ އެހެންކަމުން މި ސަރުކާރަށް އެ މައްސަލަ ބަލަން ނުކެރޭނެ ކަމަށެވެ. އޭގެ ހެއްކަކީ އަދީބުއާ އެކު ޑީލު ހަދާ ފައިސާ ނެގި ޕީޖީއަކުވެސް މަގާމުގައި ބެހެއްޓުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މި ވާހަކަފުޅުތަކާއެކު ރައީސް ޔާމީން ވަނީ ރައީސް މުއިއްޒު ކިބައިގައި އެހާ ހިތްވަރު ހުންނަވައިގެން އެމްއެމްޕީއާރުސީ މައްސަލަ ބަލަން މިނިވަން ބަޔަކު ހިމަނައިގެން ކޮމިޝަނެއް އެކުލަވާލައްވަން ޗެލެންޖެއް ކުރައްވާފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓު ފޮރުވައިގެން ގެންގުޅުމުގެ ކޮން ގާނޫނީ ހައްގެއް ތޯ ފުލުހުންނަށް އޮތީ. މިއޮތް ސަރުކާރަށް ނުކެރޭނެ އެ ފުރިހަމަ ލިސްޓު ހާމަކުރަން ވެސް އަދި މި ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހަށާ އަދި ފުލުހުންނަށްވެސް އަދި އޭސީސީއަށް ވެސް އެމްއެމްޕީއާރުސީ މައްސަލަ ބަލާކަށް ނުކެރޭނެ. ކެރިވަޑައިގަންނަވަންޏާ އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން މިނިވަން ކޮމިޝަނެއް އެކުލަވާލައްވާ

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ ވާހަކަ ޕީއެންސީ ޖަގަހައިގައި ދެއްކީމާ އެތާ ކުރީ ސަފުން ފެންނަ މާޔޫސްކަމުން އެކަމުގެ ހަގީގަތް ނިކަން ރަގަޅަށް އެނގޭނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved